ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް 4 ދުވަހު މޫސުން ވަރަށް ގޯސްވާނެ: މެޓް

Hulhangu moosumuge baaru gadha ve, kuri ah oiy 4 dhuvahu moosun varah goasvaane: Met

މިއަދުން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ  ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވަޔާއި ކަނޑުތައް ގަދަވެ، އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކުރަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. މީގެއިތުރުން، ކަނޑުތަކާއި ކަނޑުއޮޅިތައް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ހަމަމިއާއެކު، މި މުއްދަތުގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އިން ލަފާކުރާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މެޓް އިން ވަނީ ބުނެފައެވެ.

މެޓް އިން ވަނީ ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމީ އަދާހަމަ ބެލުމަށާއި، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. ފާއިތުވި ހަފުތާގައި މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަތީގެ 7 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އަށް ވަނީ ރިޕޯޓްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted