މޫސާ އިބްރާހިމްގެ މަރު: ހަށިގަނޑު މާލެ ގެންގޮސްފި

Moosa Ibrahim ge maru: Hashigandu Male' gengosfi

މިއަދު ހެނދުނު ލ.މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާހިމްގެ ހަށިގަނޑު މާލެ ގެންގޮސްފިއެވެ.

މޫސާ އިބްރާހިމްގެ ހަށިގަނޑު މިރޭ މާލެ ގެންގޮސްފައިވަނީ ޗާޓަރު ފްލައިޓެއްގައެވެ. މާލެ ފޮނުވުމަށް އޭނާގެ ހަށިގަނޑު، މާވަށުން ކައްދުއަށް ގެންދިޔައީ މިރޭ 21:45 ހާއިރުއެވެ. އަދި މާލެ ގެންގޮސްފައިވަނީ މިރޭ 00:20 ހާއިރުއެވެ.

ބެލެވޭ ގޮތުގައި މޫސާ އިބްރާހިމްގެ ހަށިގަނޑު މާލެ ގެންގޮސްފައިވަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށެވެ. ނަމަވެސް، އެކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މިއަދު ހެނދުނު 10:00 ހާއިރު މޫސާ އިބްރާހިމް މަރާލާފައިވާއިރު، އޭނާ އަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އިބްރާހިމް ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ.

މޫސާ އިބްރާހިމް އަށް ހަމަލާދިން ވަޅި، މިއަދުގެ ވަގުތެއްގައި ފުލުހުން ވަނީ ފީނައިގެން މޫދުން ހޯދާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted