ދެޖިންސުގެ ހަމަހަމަ ފުރުސަތުތަކާ ބެހޭ ޚާއްޞަ ފޯރަމެއް މާވަށުގައި ބާއްވަނީ

Dhejinsuge hamahama furusathuthakaa behey khaasa forum eh maavashugainbaahvanee

ސިޔާސީ އަދި އިގްތިޞާދީ މައިދާނުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް އޮތްކަން ދެނެގަތުމަށާއި، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ޚާއްޞަ ފޯރަމެއް ލ. މާވަށުގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމަކީ މާވަށު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީ ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ. މިކަމާ ގުޅޭ މަޢުލޫމާތު ދެއްވާފައިވަނީ މުހައްމަދު ފިރްޒުލް އަބްދުﷲ ޙަލީލެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 25 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައެވެ. ފޯރަމް ކުރިއަށްދާނީ މާވަށު ކައުންސިލް އިދާރާގެ މީޓިން ހޯލުގައެވެ.

މި ފޯރަމްގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގެ އެކި ދާއިރާތަކުގައި، ޚާއްޞަކޮށް ސިޔާސީ އަދި އިގްތިޞާދީ ހަރަކާތްތަކުގައި ދެޖިންސުގެ ބައިވެރިވުން އިތުރުކޮށް، ހަމަހަމަ ފުރުސަތުތައް ފަހިވެފައިވާ މިންވަރު ދެނެގަތުމެވެ.

މާވަށު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ރަށުގެ ތަރައްގީގައި ދެޖިންސުގެ ހިއްސާ އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ އިދާރާއިން ފާހަގަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments