އައިޕީޔޫގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

IPU 153 vana assembly gai baiverivvadaigathumah majilis raees Tanzania ah furaavadaigenffi

އިންޓަރ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ޓެންޒޭނިއާގެ އަރޫޝާއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 5 އިން 9 އަށް ކުރިއަށްދާ މި އެސެމްބްލީގެ ޢާންމު ބަހުސްގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ވާހަކަފުޅު ދައްކަވާނީ ”އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން“ މި މަޢުޟޫޢުގެ މައްޗަށެވެ.

ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަފުދު

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ މެންބަރުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުންގެ ގޮތުގައި ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ އާއި، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ވެސް މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted