ކާނުތައް ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ހަމަދު ސްކޫލް ކުރިމަތީގައި ހުރި ކާނުތައް ސާފުކޮށްފި

Kaanuthah saafukurumuge program ge dhashun, Hamad School kurimathygai huri kaanuthah saafukohfi

ހައްދުންމަތީ ގަމު، ތާރު އަޅާފައިވާ ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގަމު ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ހިންގާ ހާއްސަ ޕްރޮގްރާމްގެ ދަށުން، ހަމަދު ސްކޫލް ކުރިމަތީގައި ހުރި ކާނުތައް ސާފުކޮށްފިއެވެ.

އިއްޔެ ގަމު ރީޖަނަލް ހޮސްޕިޓަލް ކައިރިން މި ޕްރޮގްރާމް ފަށާފައިވާއިރު، މިއަދު ހެނދުނު ސާފުކުރީ ހަމަދު ސްކޫލް ކުރިމަތީގައި ހުރި ކާނުތަކެވެ. އެގޮތުން، އެ ކާނުތަކުން ގިނަ އަދަދެއްގެ ކުނި/ޗަކަ އުކާލާފައިވެއެވެ.

މިއަދުގެ މަސައްކަތް އިތުރަށް ފުރިހަމަވެގެންދިޔައީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެއްބާރުލުމާއެކުއެވެ. ސާފުކޮށް ނިންމުމަށްފަހު، އެމްއެންޑީއެފް ފަޔަރ ވެހިކަލް ބޭނުންކޮށްގެން މަގު ދޮވެފައިވެއެވެ. މީގެއިތުރުން، އޯޓެކްސް ޕްރައިވެޓް ލިމިޓެޑުގެ ސީއެސްއާރުގެ ދަށުން، ކުނި އުކައިލުމަށް ލޮރީ ހަމަޖައްސާފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ތިންވަނައަށް ސާފުކުރުމަށް ހަމަޖެހިފައިވަނީ އިހައްދޫ ސްކޫލް ކުރިމަތީގައި ހުރި ކާނުތަކެވެ. އެ ސަރަހައްދު ސާފުކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. އަދި ހޮނިހިރު ދުވަހުގެ މި ޕްރޮގްރާމުގައި ފުލުހުންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ބައިވެރިވާނެ ކަމަށް ގަމު ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ގަމު ކައުންސިލްގެ އަމާޒަކީ ޗުއްޓީ އަށްފަހު ސްކޫލް ހުޅުވެންވާއިރަށް ގަމުގައި ހުރި އެންމެ ބޮޑު ދެ ސްކޫލް ހިމެނޭ ސަރަހައްދުގެ ކާނުތައް ސާފުކުރުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted