ސްކޫލް ހުޅުވުމުގެ ކުރިން އިހައްދޫ ސްކޫލް ކުރިމަތީ ހުރި ކާނުތައް ސާފުކޮށްފި

School hulhuvumuge kurin Ihahdhoo school kurimathee huri kaanu thah saafu kohfi

ސްކޫލް ހުޅުވުމުގެ ކުރިން ލ.ގަމުު އިހައްދޫ ސްކޫލު ކުރިމަތީ ހުރި ކާނުތައް ސާފުކޮށްފިއެވެ.

މި ޕްރޮގްރާމަކީ ގަމު، ތާރު އަޅާފައިވާ ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގަމު ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މިއަދުގެ މި ޕްރޮގްރާމްގައި ލާމު ޕޮލިހުން ވެސް ބައިވެރިވިއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލް ކައިރީގައި ހުރި ކާނުތައް ވަނީ ސާފުކޮށްފައެވެ. އެއަށްފަހު، ހަމަދު ސްކޫލް ކުރިމަތީގައި ހުރި ކާނުތައް ވެސް ސާފުކޮށްފައިވާއިރު، ސްކޫލް ހުޅުވުމުގެ ކުރިން އިހައްދޫ ސްކޫލް ކައިރީގައި ހުރި ކާނުތައްވެސް ސާފުކޮށް ވަނީ ނިންމާލަފައެވެ. މި ކާނުތަކުން ގިނަ އަދަދެއްގެ ކުނި ވަނީ އުކާލާފައެވެ.

ގަމު ކައުންސިލްގެ އަމާޒަކީ ޗުއްޓީ އަށްފަހު ސްކޫލް ހުޅުވެންވާއިރަށް ގަމުގައި ހުރި އެންމެ ބޮޑު ދެ ސްކޫލް ހިމެނޭ ސަރަހައްދުގެ ކާނުތައް ސާފުކުރުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted