56 އެނދާއިއެކު އޮޕަރޭޓުކުރަމުންދާ ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ފައިސާގެ ދަތިކަމެއް ނެތް!

56 Endhaaeku Operate kuramundhaa Gan Regional Hospital Tertiary Fenvarah Tharaqqee Kurumah Faisaage Dhathikameh Neh

56 އެނދާއިއެކު އޮޕަރޭޓްކުރަމުންދާ ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ފައިސާގެ ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެގޮތުން ގަން ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ތަރައްގީ ކުރުމަށްޓަކައި ވެފައިވާ ވައުދު ފުއްދުމަށް 300 މިލިއަން ރުފިޔާގެ މަޝްރޫއެއް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިވަގުތު ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގަމުންދަނީ 56 އެނދުގެ ޖާގައާއިއެކުގައެވެ. ޓާޝަރީ ފެންވަރަށް ހޮސްޕިޓަލު ބަދަލު ކުރުމަށް އިތުުރު 500 އެއްހާ އެނދުގެ ޖާގަ ބޭނުންވާނެއެވެ.

ރޭ ގަމުގެ ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިކަމަށް ބަޖެޓު ހަމަޖެހިފައިވާކަމަށާއި، ބަޖެޓުގެ ދަތިކަމެއް ނެތް ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށަށް ވަރަށް ބޭނުންތެރި މަޝްރޫއެއްކަމަށާއި، މިމަޝްރޫއު ފުރިހަމަވެގެން ދާއިރު ހޮސްޕިޓަލަށް ބޭނުންވާ އިތުރު އިމާރާތާއި ވަސީލަތްތަކާއެކު ސްޕެޝަލިސްޓުން އަދި ސުޕަރ ސްޕެޝަލިސްޓުން ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ.

އަދި މިމަޝްރޫއު އަންނަ ދެކަށްވެސް ކިޑްނީ އާއި ހިތުގެ ބަލިފަދަ ސްޕެޝަލިސްޓުން ބޭނުންވާ ދާއިރާތަކުން ސްޕެޝަލިސްޓުން ހޯދަމަށް ވާނީ އިއުލާނުކޮށްފައިކަމަށް ރައީސްގެ ފާހަގަކުރެއްވިއެވެ.

އެނދުގެ ދަތިކަމާއި، ޑޮކްޓަރުންގެ ދަތިކަމާއި އިކުއިޕްމެންޓްގެ ދަތިކަމާއިއެކުއެވެ. މިވަގުތު މިހޮސްޕިޓަލް ހިންގަމުންދަނީ

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted