“ލާމަސީލު ލާމު ސަރޖިކަލް ކޭމްޕް” ބުރާސްފަތި ދުވަހު ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަށަނީ
"Laamaseelu laamu surgical camp" buraasfathi gamu regional hospital gai fashany

ދިވެހި ޑޮކްޓަރުންގެ ހާއްސަ ޓީމަކާއެކު “ލާމަސީލު ލާމު ސަރޖިކަލް ކޭމްޕް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ނިންމައިފިއެވެ.
މިކޭމްޕަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލާއި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލްގައި ކުރިއަށްގެންދެވޭ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށްދާނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ލާމަސީލު ލާމު ސާރޖިކަލް ކޭމްޕުގައި ސްކްރީން ކުރާނެ ޑަކްޓަރުން:
ޑރ އަބްދުﷲ އުބައިދު ( އާންމު އޮޕަރޭޝަންތަކުގެ އަދި ލެޕްރޮސްކޮޕިކްގެ ހާއްސަ)
ޑރ އަލީ ނިޔާފް ( ސިކުނޑި އަދި ނާރުތަކުގެ އޮޕަރޭޝަންތަކުގެ ހާއްސަ)
ޑރ މުހައްމަަދު ވަހީދު (ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސަރޖަރީ)
ޑރ ސާދިމާ ރަޝީދު( ހޭނެއްތުމާއި އަދި ނުފިލާހުންނަ ތަދުތަކުގެ ހާާއްސަ)
ޑރ އިމްރާން މުހައްމަދު އާދަަމް (އާންމު އޮޕަރޭޝަންތަކުގެ އަދި ލެޕްރޮސްކޮސްްކޮޕިކްގެ ހާއްސަ)
ޑރ އިބްރާހިމް މިސްބާހް (ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކަށް ހާއްސަ)
ޑރ އާއިޝަތު އަޒްނާ އަލީ (ގޮހޮރުގެ އަދި ބެރިއެޓިކް ސަަރޖަރީގެ ހާއްސަ)
ޑރ މުހައްމަދު ޝިފާން (ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ)
ޑރ އަސަދު ޝަހީދު (ހޭނެއްތުމާއި އަދި ނުފިލާހުންނަ ތަދުތަކުގެ ހާއްސަ)
މީގެއިތުރުން މި މެޑިކަލް ކޭމްޕްގައި ގަން ރީޖަނަލް ހޮސްޕިޓަލްގެ މެޑިކަލް ރިފްރެޝަލް ޓްރޭނިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވ. މި ކޭމްޕްގެ މެއިން ސްޕޮންސަރ އަކީ ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާއެވެ.