ރާއްޖެއަށް ބޭސް އެތެރެ ކުރުމަށް ސަރުކާރުގެ ހާއްސަ ކުންފުންޏެއް

Raajje Ah Beys Ethere Kurumah Sarukaaruge Haahsa Kunfunyeh

ދިވެހިރާއްޖެ އަށް ބޭސް އެތެރެކޮށް ބޭހުގެ ވިޔާފާރި ކުރުމަށް ސަރުކާރުން ހާއްސަ ކުންފުންޏެއް އުފައްދައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސަރުކާރުން ވަނީ މިއަދު ”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފައެވެ. އަދި މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނު ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މި ކުންފުންޏަކީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ. މީގެ ކުރިން ސަރުކާރުން ރާއްޖެއަށް ބޭސް ގެންނަމުން ދިޔައީ ސަރުކާރުގެ ހިއްސާ އޮންނަ އެސްޓީއޯ މެދުވެރިކޮށެވެ. އަދި އެސްޓީއޯ އިންވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެސްޓީއޯ ބޭސްފިހާރަތައް ހުޅުވާފައިއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted