ކެރަންޑޫ: ބޮޑީބޯޑިން ކެޓެގަރީގެ ތާރީހީ ފުރަތަމަ ޗެމްޕިއަނަކަށް ޖާއްޓެ

Kerandoo: Bodyboarding category ge thaareehee furathama champion akah Jaatte

ދިވެހި ސާފް ލީގުގެ ”ކެރަންޑޫ“ އިވެންޓްގެ ބޮޑީބޯޑިން ކެޓެގަރީގެ ޗެމްޕިއަންކަން އަލީ ޖާވިދު (ޖާއްޓެ) ހޯދައިފިއެވެ.

ދިވެހި ސާފް ލީގުގެ އިވެންޓެއްގައި މުޅިން އަލަށް ބޮޑީބޯޑިން ކެޓެގަރީ ހިމަނާފައިވާއިރު، ލ.ގަމަށް އުފަން ޖާއްޓެ ވަނީ ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދާފައެވެ.

ބޮޑީބޯޑިން ކެޓެގަރީގެ ސެމީ ފައިނަލް އާއި ފައިނަލްގެ ހީޓުތައް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު އެވެ. ޖާއްޓެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުހައްމަދު ކައިފް ބަލިކުރުމަށްފަހުއެވެ.

މުބާރާތުގެ ފައިނަލަށް ޖާއްޓެ ދަތުރުކުރީ ސެމީގައި 0.33 ޕޮއިންޓުގެ ފަރަގަކުން އާމިން އުމަރު މޫސާ ބަލިކުރުމަށްފަހުއެވެ. އަދި ކައިފް ވަނީ ސެމީގައި 0.01 ޕޮއިންޓުގެ ފަރަގަކުން އަސްވާން މުހައްމަދު (ދޫނި) ބަލިކޮށްފައެވެ.

މިއަދު ކުރިޔަށްދިޔަ ފައިނަލުގައި ޖާއްޓެ ވަނީ 12.37 ޕޮއިންޓު ހޯދާފައެވެ. ކައިފް އަށް ލިބުނީ 11.67 ޕޮއިންޓެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މުޅިން އަލަށް ބޭއްވި ”ކެރަންޑޫ“ އިވެންޓުގެ ބޮޑީބޯޑިން ކެޓެގަރީގައި ޖުމްލަ 10 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted