60 އަހަރުން މަތީގެ މީހުން ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް ހާއްސަ ލައިސެންސެއް ނަގަން ޖެހޭ ގޮތަށް އިސްލާހު ގެނެސްފި

60 aharun matheege meehun rashu pickup aai cycle dhuhvumah haassa license eh nagan jehey gothah islaahu genesfi

ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، އުމުރުން 60 އަހަރުން މަތީގެ މީހުން ހާއްސަ ލައިސެންސެއް ނަގަން ޖެހޭ ގޮތަށް އިސްލާހު ގެނެސްފިއެވެ.

ގަވާއިދަށް ގެނައި އިސްކާލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުނަށް ވަކި ހާއްސަ ލައިސެންސްއެއް ނެގިދާނެއެވެ. އަދި އެ ލައިސެންސް ދޫކުރާނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި އެ ޕްރޮގްރާމްގައި ޓްރެފިކް ގަވާއިދުތައް ކިޔައިދޭނެ ކަމަށް އެ އިސްލާހުގައި ބުނެއެވެ،

މިގެނައި ބަދަލާއެކު، އާންމު އުސޫލުން ލައިސެންސް ނެގުމުގެ ބަދަލުގައި، 60 އަހަރުން މަތީގެ މީހުންނަށް ލައިސެންސް ނަގަން ފަސޭހަވާނެއެވެ.ނަމަވެސް، މި ހާއްސަ ލައިސެންސްފައި ދުއްވޭނީ ވަކި ތަނެއްގައި ވަކި އުޅަނދުތަކެކެވެ. އެ އިސްލާހުގައި ބުނަނީ 60 އަހަރުން މަތީގެ ހާއްސަ ލައިސެންސްގައި ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އަދި އުޅަނދުތައް އެކަންޏެވެ.މީގެއިތުރުން، އެ ލައިސެންސްގައި  ދުއްވޭނީ ހަމައެކަނި ލައިސެންސް ދޫކުރާ ރަށެއްގައި ކަމަށާއި އަދި އުޅަނދު ދުއްވޭނީ ވެސް ހަމައެކަނު 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

އެ އިސްލާހުގައި ބުނެފައިވަނީ އެ ލައިސެންސް ސޫކުރާނީ 10 އަހަރުގެ މުއްދަތަކަށް ކަމަށެވެ. އަލުން ލައިސެސެންސް ދޫކުރާނީ ތަމްރީނު ފުރިހަމަކުރުމުންނެވެ. އަދި އެއްފަހަރަށް ވުރެ ގިނައިން ގަވާއިދާ ޚިލާފުވެއްޖެނަމަ އެ ލައިސެނސް ބާތިލްކުރުމުގރ އިޚްތިޔާރު ވެސް ލިބިގެންވާ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted