ގަމު ކައުންސިލާއި ޑަބްލިޔުޑީސީ ގުޅިގެން އާބާދު ސަރަހައްދުގައި ތަރައްގީ ކުރި ވޮލީ ކޯޓު ހުޅުވައިފި

Gan Council aai WDC gulhigen aabaadhu sarahahdhugai tharahgee kuri volley court hulhuvaifi

ހައްދުންމަތީ ގަމު ކައުންސިލާއި ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ގަމު އާބާދު ސަރަހައްދުގައި ތަރައްގީ ކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހަވީރު ކުރިޔަށްދިޔަ މި ރަސްމިއްޔާތުގައި ކޯޓު ހުޅުވައިދެއްވީ ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އާއި އަންހެނުންގެ ކޮމިޓީ ރައީސާ، އިހުސާނާ ސައީދެވެ.

ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަކީ ވިދާޅުވީ، މިއަދަކީ ވަރަށް އުފާވެރި، ތާރީހީ ދުވަހެއް ކަމަށެވެ. ޒަކީ ވިދާޅުވި ގޮތުގައި، މިއީ ރަށެއްގެ އަންހެނުންގެ ކޮމިޓީ އިން އިސްނަގައިގެން މުޅި ރާއްޖޭގައިވެސް ތަރައްގީކުރި ފުރަތަމަ ވޮލީ ކޯޓެވެ.

ވޮލީ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތައްފަހު، ތުނޑީ ވޮލީ ޓީމާއި އާބާދު ސަރަހައްދު ވޮލީ ޓީމުގެ މެޗެއް ކުޅެފައިވެއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ތުނޑީ ޓީމުންނެވެ.

ގަމު ކައުންސިލުން ތުނޑީ އަވަށުގައި ތަރައްގީކުރި ވޮލީ ކޯޓް މާދަމާ ހުޅުވުމަށް ހަމަޖެހިފައިވާއިރު، މުކުރިމަގުގައި ތަރައްގީކުރި ވޮލީ ކޯޓު އަންގާރަ ދުވަހު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ތިން ކޯޓުގެ މަސައްކަތްވެސް ކޮށްފައިވަނީ އޮޓެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments