ފޮނަދޫ ކައުންސިލުގެ އެސްޖީ ވަކިކުރީ އަދުލުވެރިކޮށް ނޫންކަމަށް ކަނޑައަޅައި، ބަދަލުގައި 5 ލައްކަ ރުފިޔާ!

Fonadhoo council ge SG vaki kuree adhuluveri koh noon kamah kanda'alhai badhalugai, 5 lahka ruffiya!

ލ. ފޮނަދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުހައްމަދު ފާއިގު ވަކިކުރީ ސިވިލް ސާރވިސް އިން އަދުލުވެރިކޮށް ނޫން ކަމަށް ކަނޑައަޅައި އޭނާއަށް ބަދަލުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އަމުރުކޮށްފި އެވެ.

ސިވިލް ސާރވީސް ކޮމިޝަނުން ފާއިގު ވަކިކުރަން ނިންމީ އެކަމަށް ފޮނަދޫ ކައުންސިލުން އެދުމުން، އެ މައްސަލަ ބެލުމަށްފަހު ސެޕްޓެމްބަރ 18، 2024 ގަ އެވެ. ފާއިގު މަގާމުން ވަކި ކުރީ  އެސްޖީ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އެކަށީގެންވާ މިންވަރަށް އަދާކުރަމުން ނުގެންދާ ކަމަށް ބުނެއެވެ.

މިކަމާއި ގުޅިގެން ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އަށް ފާއިގު ވަނީ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައިގެ ނިންމުމުގައި ބުނެފައިވަނީ ފާއިގު މަގާމުން ވަކިކުރަން ސީއެސްސީ އިން ނިންމީ ވަޒީފާ އާއި ބެހޭ ގާނޫނުގައި ވަޒީފާއިން ވަކިކުރާއިރު ގާއިމުކުރަން ބުނާ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ.

މީގެއިތުރުން،  ފާއިގު އާއެކު ފޮނަދޫ ކައުންސިލުން ވަޒީފާގެ އެގްރީމެންޓު ހަދާފައި އޮތް މުއްދަތުގެ ނިޔަލަށްވާ މުސާރަ ދޭން ޖެހޭނެ ކަމަށް ވެސް ޓްރައިބިއުނަލް އިން ވަނީ ނިންމާފައެވެ. ފާއިގު މަގާމުން ވަކިކުރިއިރު، އެގްރީމެންޓުގައި ބާކީ ދެ އަހަރާއި ހަތަރު މަހާއި 10 ދުވަސް އޮތް އިރު، އެ މުއްދަތަށް ވާ މުސާރަ އާއި އިނާޔަތްތަކުގެ ޖުމްލަ އަކީ 548،391ރ. އެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން ވަނީ މި ފައިސާ ބަންދު ނޫން 30 ދުވަހުގެ ތެރޭ ފާއިގު އަށް ދެއްކުމަށް އަމުރުކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted