ގަމުގައި މާރާމާރީއެއް ހިނގައި 4 މީހެއް ޒަހަމުކޮށްލައިފި

Gamugai maaraamaaree eh hingai 4 meeheh zahamu kohlaifi

ލ. ގަމުގައި މާރާމާރީއެއް ހިންގައި 4 މީހެއް ޒަހަމުކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭގެ ވަގުތެއްގައި ގަމު ތުނޑީ މަގުކޮޅުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރު ނުފުރޭ ދެ ކުޑަކުދިންނާއި ފިރިހެނަކާއި އަންހެނަކަށެވެ. އޭގެރެއިން އެކަކު ގަޔަށް ވަޅި ޖަހާ ވަނީ ޒަހަމުކޮށްލާފައެވެ. މި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން  ގަމު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

”ލާމު އެމްވީ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން އަދި ގަމު ރީޖަނަލް ހޮސްޕިޓަލްގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.

އިތުރު ތަފްސީލު އަންނަނީ……..

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted