ފޮނަދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ބަހައްޓަނީ
Fonadhogai Islamic Bank ge ATM eh bahattanee

ލ. ފޮނަދޫ ފެރީޓާމިނަލް ސަރަހައްދުގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ބެހެއްޓުމުގެ މަސައްކަތް ފައްޓަވަފިއިއެވެ.
މިމަސައްކަތް އިސްލާމީބޭންކް ގެފަރާތުން ހަވަލު ކޮއްފައިވަނީ “ސަންކްޝަން އިންވެސްޓްމަންޓް” އާއެވެ. (12 އޮކްޓޯބަރ 2025) ވީ ހޯމަދުވަހު ހަވާލުކުރި މި މަސައްކަތް ނިންމުމަށް ހަމަޖެހިފާވަނީ (19 އޮކްޓޯބަރ 2025) ވަ ހޯމަދުވަހުގެ ނިޔަލަށް ކަމަށް ޕޮރެޖެކްޓާއި ހަވާލުވި ފަރާތުން ވިދާޅުވިއެވެ.
މި އޭޓީއެމް ރަސްމީ ކޮއް ހުޅުވުމަށް ހަމަޖެހިފާވަނީ (20 އޮކްޓޯބަރ 2025) ވާ އަންގާރަ ދުވަހުގައި ކަމަށް ވެސް ޕޮރެޖެކްޓާއި ހަވާލުވި ފަރާތުން ވަނީ ވިދާޅުވެފައެވެ.
މިކަމުގެ ސަބަބުން ލ.ފޮނަދޫ ރައްޔިތުން ގެ އިތުރުން ވަރަށް ގިނަ ރައްތަކުގެ ރައްޔިތުން ނަށް ވަރަށްބޮޑު ލުއިކަމެއް ލިބިގެން ދާނެކަމެތް ކަމަށް ލަފާކުރެވެއެވެ. ފެރީ އަދި ލާންޗްތަކުގައި ލ.ފޮނަދޮ އަށް ދަތުރު ކުރައްވާ ބޭފުޅުން ގެ އިތުރުން ލ.ފޮނަދޫގައި ދިރިއުޅޭ ބޭފުޅުން ވެސް އިސްލާމް ބޭންކް އޭޓީއެމްގެ ޙިދުމަތް ހޯއްދަވަން ޖެހިލައްވަނީ ކައްދޫ ނުވަތަ ގަމުގައި ހުންނަ އިސްލާމިކް ބޭންކްގެ އޭޓީއެމްއިން ކަމަށް ވާއިރު ފޮނަދޫގައި މި އޭޓީއެމް ހުޅުވުމުގެ ސަބަބުން ވަރަށް ބޮޑު ލުއި ތަކެއް ލިބިގެން ދާނެއެވެ.
މި މަހުގެ 20 ވަނަ ދުވަހަކީ ރައީސުލް ޖުމްޙުރިއްޔާ ޑޮކްޓަރ މުހަންމަދު މުޢީޒު ލ.ފޮނަދޫއަށް ޒިޔާރަތް ކުރައްވާ ދުވަސް ކަމަށް ވަނީ މައުލޫމާތު ލިބިފައިެވެ.




