ރާއްޖެއިން ތައުލީމު ހާސިލުކުރި 20 ޑަކްޓަރުން ހިދުމަތަށް!

Raajje in thauleemu haasil kuri 20 doctorun hidhumathah

ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ 20 ދިވެހި ދަރިވަރުން ހިދުމަތަށް ނިކުތުމަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 20 ދަރިވަރުން ވަނީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ސްކޫލް އޮފް މެޑިސިން  ނިންމާފައެވެ.

ޑޮކްޓަރުކަން 5 އަހަރު ދުވަހު ކިޔެވުމަށްފަހު. ހިދުމަތަށް ނިކުތުމުގެ ލައިސެންސް ލިބޭނީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމްއެއް ފުރިހަމަކުރުމުންނެވެ. އެގޮތުން، ފުރަތަމަ ބެޗުގައި ކިޔެވި ހުރިހާ ދަރިވަރުންވެސް އިންޓާންޝިޕް ކާމިޔާބުކުރީ އައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ.

އައިޖީއެމްއެޗް އިން ބުނީ، މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އަލަށް ހިދުމަތާއި ގުޅުނު ޑޮކްޓަރުންގެ ޓީމުން ވަނީ ވަރުބަލި ކަމެއްނެތި ބަލިމީހުންނަށް ފަރުވާދިނުމާއި ކުއްލި ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ ތަޖުރިބާ ހޯދާފަ ކަމަށެވެ. މީގެއިތުރުން ޑޮކްޓަރުން ތަމްރީނު ކުރުމުގައި  ބައިވެރިވި ތަޖުރިބާކާރުން އަދި ސިއްހީ ދާއިރާގެ އެންމެހާ ފަރާތްތަކަށް އައިޖީއެމްއެޗް އިން ވަނީ ޝުކުރު ދަންނަވާފައެވެ.

ރާއްޖޭގައި ތިބެގެން ޑޮކްޓަރުކަން ކިޔެވޭނެ އިންތިޒާމެއް ގާއިމްކުރުމަށްޓަކައި، އެމްއެންޔޫ އިމް ސްކޫލް އޮފް މެޑިސިން ތައާރަފް ކުރީ 2017 ވަނަ އަހަރުގައެވެ. މި ކޯސް ތައާރަފުކޮށް ޑޮކްޓަރުންގެ ފުރަތަމަ ބެޗު ކިޔަވަން ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments