މާވަށުގެ އެންމެ މުހިއްމު މަޝްރޫއަކީ އެއަރޕޯޓް އެޅުން: ރައީސް
Maavashugai enme muhinmu mashroou akee airport elhun: Raees

ލ. މާވަށަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމު މުހިއްމު މަޝްރޫއަކީ، އެއަރޕޯޓްގެ މަޝްރޫއުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާވަށަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުންނެވެ. ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ އެންމެ މުހިންމު އެއް ކަމަކަށް އޮތީ، އެއަރޕޯޓު ކަމަށެވެ.
“އަޅުގަނޑު މިތާނގައި ނުއެއް ދަންނަވަން އަދި އެއްވެސް އެއްޗެއް. ލިސްޓުގެ 1 ން 10 އަށް އޮތީ އެއަރޕޯޓުކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އަދި ނުދެންނެވިގެން މިއުޅެނީ. އެހެންނެއް ނޫން! އަޅުގަނޑު ވަރަށް ސީރިއަސްކޮށް ދަންނަވައިލާނަން ވާހަކައެއް. މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކުރަން މަސައްކަތް މިކުރާ ކަމަކީ، އަޅުގަނޑު ވައުދުވެފައި ދެންހުރި ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް.”
ރައީސް ވިދާޅުވީ އެމަނކިފާނު ވައުދުވި ފަދައިން ލ އަތޮޅަށް ދެވަނަ އެއަރޕޯޓެއް ގެންނާނެ ކަމަށާއި، ވައުދުވެވަޑައިގެންނެވި ކޮންމެ ވައުދެއް ދުއްދަވާނެ ކަމަށެވެ.
“މިއަދު އަޅުގަނޑު ދޭނެ ހަމައެކަނި ޔަޤީންކަމަކީ، އެއީ ވަރަށް މުހިންމު ޔަޤީންކަމެއް. މި އަތޮޅަށް ދެން އަންނަންޖެހޭ އެއަރޕޯޓު އަންނަންޖެހޭނީ، ދުރު ރާސްތާއަށްވެސް ވިސްނާއިރު، އިޤްތިޞާދީ ގޮތުންވެސް، ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުވާނެ ގޮތަކަށޭ. ”
ރައީސް ވިދާޅުވީ ލ އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުމުގެ ވިސްނުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށާއި، އެއީ ހަމަ ވަރަށް ބޮޑަށް ދެކޮޅުޖެހޭ ވިސްނުމެއް ކަމަށެވެ.
ރައީސް ޑރ މުހައްމދު މުއިއްޒު ލ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމަށް ހަމަޖެިފައިވާއިރު، އެމަނކިފާނު ރަށްރަށުގެ ، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ އަދާހަމަ ހޯއްދަވާފައެވެ. އަދި ކައުންސިލްތަކަށް ދިމާވެފައިވާ މައްސަލަތަކާއި ރައްޔިތުންގެ ކަންބޮނޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.




