ލާމު އަތޮޅު އިސްދޫ ދާއިރާގައި އެއާޕޯރޓެއް އޮތުމުގެ މުހިއްމުކަން އެދާއިރާގެ މަޖްލިސް މެންބަރ ފާހަގަ ކުރައްވައިފި

Laamu Atoll Isdhoo Dhaairaagai Airporteh Othumuge Muhimmukan Edhaairage Majlis Member Faahaga Kuravvaifi

ލާމު އަތޮޅު އިސްދޫ ދައިރާގައި އެއާޕޯޓެއް އޮތުމުގެ މުހިއްމުކަން އެދާއިރާގެ މަޖްލިސް މެންބަރ އިސްމައީލް ޝަފީއު ފާހަގަ ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ލާމު އަތޮޅުގެ މީހުން ދިރި އުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކަށް ދަތުރު ކުރެއްވީ އިސްދޫ އަދި ކަލައިދޫއަށެވެ. އިސްދޫ-ކަލައިދޫ ގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްދޫ ދާއިރާގެ މެންބަރު ވިދާޅުވީ އެދާއިރާގެ ރައްރަށުގައި ހުރި އާސާރީ ތަންތަން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވިގެންދާނީ އެކަމަށް މަގުފަހިވާގޮތަށް ދޮރޯށި ހުޅުވިގެންކަމުގައެވެ.

އެއީ އިސްދޫގައި އެއާޕޯރޓެއް ތަރައްޤީ ކުރުން ކަމުގައި މެންބަރުއިސްމާޢީލް ޝަފީޢު ފާހަގަ ކުރެއްވިއެވެ. އަދި މުޅި ދާއިރާގެ ރައްޔިތުންގެ އުންމިީދު ވަނީ މިކަމާ ގުޅިފައިކަމާއި، އިސްދޫ ދާއިރާގެ 4 ރަށްވެސް މިކަމުގައި އެއްވިސްނުމެއްގައި ތިބިކަން ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫ

ރިއްޔާ ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅު ތެރޭގައި ލާމު އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅާނަމަ އެކަމަށް ބިން ހިއްކަން ނުޖެހޭނެކަމަށާއި ދެވަނަ އެއާޕޯޓު އަޅާނީ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުންކަމުގައި ދެންނެވިއެވެ.
އަދި އެކަމާ ގުޅިގެން ދަނބިދޫ، އިސްދޫ އަދި ކަލައިދޫ ރައްޔިތުން ދިން ހިޔާލުތަކަށް އިހުތިރާމްކޮށް، އެ ކަންކަން ބަލައިގަނެފައިވާކަމަށް ރައީސް ދެންނެވިއެވެ.

”އާންމުކޮށް ރަށްރަށުގައި އެއާޕޯޓު އަޅަން ޖެހެނީ ބިން ހިއްކައިގެން ވަރަށް ބޮޑު ހަރަދެއް ކޮއްގެން. އަޅުގަނޑު ހިތުން މި އިސްދޫ ކަލައިދޫގައި އެއާޕޯޓު އަޅާއިރު މި ހަރަދު ކުރާކަށް ނުއެއް ޖެހޭ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ގެ ވާހަކަފުޅު ނިންމަވާލެއްވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދުކަން ފާހަގަކުރައްވައި، އެ ވަޢުދު ފުއްދަވާނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދެއްވަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments