ގަމުގައި ބާއްވާ މިނިވަން އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލައިފި
Gamugai baahvaa minivan expo ga baiverivumah hulhuvaalaifi

2026 ވަނަ އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”މިނިވަން އެކްސްޕޯ 2026“ ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
އެކްސްޕޯ އޮންނާނެ ތާރީޚާއި ތަން
މިނިވަން އެކްސްޕޯ ކުރިއަށް ދާނީ 2026 ޖުލައި 28 އިން 30 އަށް ލ. ގަމު ހަމަދު ސުކޫލުގައެވެ. މި އެކްސްޕޯގެ ތެރޭގައި ފަންނުވެރިންގެ މަޢުރަޒަކާއި، މާކެޓް ޕްލޭސްގެ އިތުރުން ކާބޯތަކެތި ވިއްކާ ސްޓޯލްތައް ހިމެނޭނެއެވެ.
ފަންނުވެރިންގެ މަޢުރަޒާއި މާކެޓް ޕްލޭސް
އެކްސްޕޯގެ ފަންނުވެރިންގެ މަޢުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖުލައި ގެ ކުރިން އޮންލައިން ފޯމު ހުށަހަޅަންޖެހެއެވެ. އަދި އެކްސްޕޯގައި ހިމެނޭ ބާޒާރު ނުވަތަ މާކެޓް ޕްލޭސް އިން ގޮޅި ނަގަން ބޭނުންވާ ފަރާތްތަކަށް 16 ޖުލައި ގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މާކެޓް ޕްލޭސްގެ ގޮޅިތަކާ ގުޅޭގޮތުން ކޮމިޓީން ބުނީ، ކޮންމެ ވިޔަފާރިއަކަށްވެސް ދޫކުރާނީ ގިނަވެގެން ދެ ގޮޅި ކަމަށެވެ. މި ގޮޅިތަކުގެ ސައިޒަކީ 10 ފޫޓު 12 ފޫޓެވެ.

ކާބޯތަކެތި ވިއްކުމުގެ ފުރުޞަތު
މިނިވަން އެކްސްޕޯގައި ކާބޯތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް ސްޓޯލް ބެހެއްޓުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި އެވެ. ކާބޯތަކެތި ވިއްކާ ސްޓޯލްތައް ހުންނާނީ ހަމަދު ސުކޫލު ގޯތިތެރޭގައި ޖަހާފައިވާ ޓެންޓުތަކުގައެވެ. ކޮންމެ ސްޓޯލެއްގެ ބޮޑުމިނަކީ 10 ފޫޓު 10 ފޫޓެވެ.





