ޖަވާބު އެކަޑެމީ އާއި އިލްމު ގުޅިގެން ފޮނަދޫގައި ހިލޭ ކުރު ިކޯސްތަކެއް ބާއްވަނީ

Javaabu Academy aai IlM gulhigen fonadhoogai hiley kuru course thakeh baahvanee

ޖަވާބު އެކަޑެމީ އާއި އިލްމުއެމްވީ ގުޅިގެން ލ. ފޮނަދޫގައި ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އަމާޒުކޮށްގެން މުޅިން ހިލޭ ކުރު ކޯސްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ކޯހެއްވެސް ނަންގަވައިދެއްވާނީ ތަޖުރިބާކާރު ފުލް ސްޓެކް ޑިވެލޮޕަރ، މުޙައްމަދު ޖައިލަމްއެވެ.

މިގޮތުން ޖުމްލަ 3 ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

އޭއައި ވޯކްޝޮޕް (ޓީޗަރުންނާއި ޒުވާނުންނަށް): ”ލެޓްސް ލަރން އޭއައި ވިތް ޖައިލަމް“ ގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕް އޮންނާނީ ލ. ފޮނަދޫ ސޯޝަލް ސެންޓަރުގައެވެ. މި ވޯކްޝޮޕްގައި އޭއައި ޓޫލްތަކާއި، އޮޓޮމޭޝަން އަދި އޭއައިގެ ސަބަބުން ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދެވޭނެއެވެ.

އެޕް ޑިވެލޮޕްމަންޓް ވިތް އޭއައި:
މި ޕްރޮގްރާމުގައި، އޭއައިގެ އެހީގައި އަމިއްލަ ޚިޔާލުތައް ބޭނުންކޮށްގެން އެޕްލިކޭޝަންތައް (އެޕް) ހަދާނެގޮތް ދަސްކޮށްދެވޭނެއެވެ.

ސްމާޓް ފޯން ކޮންޓެންޓް ކްރިއޭޝަން ޓްރެއިނިންގ ޕްރޮގްރާމް:
މި ޕްރޮގްރާމަކީ ސްމާޓްފޯނު ބޭނުންކޮށްގެން ފެންވަރު ރަނގަޅު ފޮޓޯ އާއި ވީޑިއޯ ނަގައި، ސޯޝަލް މީޑިއާ ކޮންޓެންޓް އުފައްދަން ދަސްކޮށްދޭ ޕްރޮގްރާމެކެވެ. މިއީ ކޮންޓެންޓް ކްރިއޭޓަރުންނާއި، ވިޔަފާރިވެރިންގެ އިތުރުން އޮންލައިންކޮށް ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެކެވެ.

މި ހުރިހާ ކޯހަކީވެސް ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭ، މުޅިން ހިލޭ ކުރިއަށްގެންދާ ކޯސްތަކެކެވެ. މި ކޯސްތަކުގައި ޖާގަ ލިމިޓް ކުރެވިފައިވާތީ، ވީހާވެސް އަވަހަކަށް ރަޖިސްޓަރީވުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

ރެޖިސްޓަރ ވުމަށް:

އޭއައި ވޯކްޝޮޕް

އެޕް ޑިވެލޮޕްމަންޓް ވިތް އޭއައި

ސްމާޓް ފޯން ކޮންޓެންޓް ކްރިއޭޝަން ޓްރެއިނިންގ ޕްރޮގްރާމް

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7427725 އަށް ގުޅުއްވުމަށް ވެސް ވަނީ އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments