ގަމު ކައުންސިލާއި އެމްއައިބީ ބައްދަލުކޮށް މަޝްވަރާކޮށްފި

Gamu Council aai MIB bahdhalukoh mashvaraa koffi

ގަމު ކައުންސިލާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ލ. ގަމު ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމަކީ ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ އެމް.އައި.ބީ އިން މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކާ ބެހޭގޮތުންނާއި، އެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ގަމު ކައުންސިލްގެ މި ދައުރުގެ ތަޞައްވަރާ އެއްގޮތަށް ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ބޭންކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments