އެމް.ޑީ.ޕީގެ ޑަބްލިޔުޑީސީ ވިންގުގެ ރައީސަކަށް މަރްޔަމް ނީނާ

MDP ge WDC wing ge raees akah Neena

އެމް.ޑީ.ޕީގެ ޑަބްލިޔުޑީސީ ވިންގުގެ ރައީސަކަށް މަރްޔަމް ނީނާ އަދި ކައުންސިލަރސް އެސެމްބްލީގެ ނައިބުރައީސަކަށް ސަލްމާ އުމަރު އިންތިޚާބުވެއްޖެ.
އެމް.ޑީ.ޕީގެ ޑަބްލިޔު.ޑީ .ސީ ވިންގުގެ ރައީސްގެ މަޤާމަށް ލ.ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް މަރްޔަމް ނީނާ އަދި ކައުންސިލަރސް އެސެމްބްލީގެ ނައިބުރައީސްގެ މަަޤާމަށް ލ.ގަމު ކައުންސިލްގެ ކައުންސިލަރ ސަލްމާ ޢުމަރު އިންތިޚާބުވެއްޖެއެވެ.
މި ބޭފުޅުން މި މަޤާމުތަކަށް އިންތިޚާބުވީ މި މަހުގެ ހަ ވަނަ ދުވަހު، އެމް.ޑީ.ޕީއަށް ނިސްބަތްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ކައުންސިލަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.
މި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މަރްޔަމް ނީނާ އަށް ލިބިފައި ވަނީ ޖުމްލަ 61 ވޯޓެވެ. މަރްޔަމް ނީނާއާ އެންމެ ވާދަކޮށްފައިވާ ރ.ދުވާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ފާޠިމަތު އަސީލާއަށް ލިބިފައިވަނީ ޖުމްލަ 33 ވޯޓެވެ. އަދި މި މަޤާމަށް ވާދަކުރި މާލޭ ސިޓީގެ މައްޗަންގޮޅި އުތުރުދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ޙައްވާ ސޮހުވާ އަށް ލިބިފައި ވަނީ 22 ވޯޓެވެ. ސޮހުވާގެ އިތުރުން މި މަޤާމަށް މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ޢާއިޝަތު ރީޝާ ވެސް ވަނީ މި އިންތިޚާބުަގައި ވާދަކޮށްފައެވެ. ރީޝާއަށް ލިބުނީ ޖުމްލަ 7 ވޯޓެވެ.
މި އިންތިޚާބުގައި ޑަބްލިޔު.ޑީސީ ވިންގުގެ ނައިބުރައީސުންގެ ގޮތުގައި އިންތިޚާބުވެފައި ވަނީ އައްޑޫސިޓީ ހިތަދޫ މެދު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސް މަރްޔަމް ނަޞީރާ އާއި، މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ޢާއިޝަތު މޫސާ އާއި ޅ.ކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު ނަޒީރާ ޢަބްދުﷲއެވެ. ޢާންމު މެންބަރުން ގޮތުގައި އިންތިޚާބުވެފައި ވަނީ ގދ.ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ފާޠިމަތު ޝިފްނާ އާއި ހަމަ އެރަށު ކޮމިޓީގެ މެންބަރު އާމިނަތު ރަޝީދާ އާއި ފުވައްމުލައް ސިޓީގެ މާދަޑު ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު މަރްޔަމް ސައީދާ އާއި ހަމަ އެ ސިޓީގެ ދޫޑިގަން ދާއިރާގެ މެންބަރު ޢާއިޝަތު ހަމްދާ އާއި މާލޭ ސިޓީގެ މާފަންނު އުތުރުދާއިރާގެ މެންބަރު މަރްޔަމް ޝީޒާއެވެ. ޑަބްލިޔު.ޑީ.ސީ ވިންގުގެ އަމީންއާންމުގެ ނައިބަކަށް އިންތިޚާބުވީ ފުވައްމުލައްސިޓީގެ ދިގުވާޑު ދާއިރާގެ މެންބަރު އާމިނަތު ފަޒްނާއެވެ.
ކައުންސިލަރސް އެސެމްބްލީގެ ނައިބުރައީސްގެ މަޤާމަށް ސަލްމާ ޢުމަރު އިންތިޚާބުވީ ޖުމްލަ 109 ވޯޓުންނެވެ. ސަލްމާއެކު ނައިބުރައީސުންގެ ގޮތުގައި އިންތިޚާބުވެފައި ވަނީ ހއ.ކެލާ ކައުންސިލްގެ ރައީސް މުޙައްމަދު މާލިކުއާއި، މާލޭ ސިޓީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ފާޠިމަތު ޝަހުލާއެވެ. ކައުންސިލަރސް އެސެމްބްލީގެ ރައީސަކަށް އިންތިޚާބުވެފައި ވަނީ ބ.ތުޅާދޫ ކައުންސިލްގެ ރައީސް އަޙްމަދު އަފްރާހް އެވެ. އަދި ޢާންމު މެންބަރުން ގޮތުގައި އިންތިޚާބުވެފަައި ވަނީ ރ.ކިނބިދޫ ކައުންސިލް މެންބަރު އާމިނަތި ސަމާ އާއި، މ.މުލަކު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލާއި، ޅ.ހިންނަވަރު ކައުންސިލް މެންބަރު ޢަބްދުﷲ ޝާފިޢުއާއި ހދ.މަކުނުދޫ ކައުންސިލް މެންބަރު ޝަޒީލާ މުޙައްމަދު އާއި މާލޭސިޓީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ފާޠިމަތު ޒަހިއްޔާއެވެ.

ޑަަބްލިޔު.ޑީ.ސީ ވިންގުގެ މައިގަނޑު މަޤްޞަދަކީ އެމް.ޑި.ޕީއަށް ނިސްބަތްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންްގެ ދައުރު އިތުރުކޮށް ޕާޓީގެ ކަންކަން ނިންމުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އެއް އަމާޒަކަށް މަސައްކަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ހަމަ އެހެންމެ، ކައުންސިލަރސް އެސެމްބްލީގެ މައިގަނޑު މަޤްޞަދަކީ އެމް.ޑި.ޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ދައުރު އިތުރުކޮށް ޕާޓީގެ ކަންކަން ނިންމުމުގައި ކައުންސިލަރުންގެބައިވެރިވުން އިތުރުކުރުމެވެ. އަދި ހުރިހާ ކައުންސިލްތައް އެއް އަމާޒަކަށް މަސައްކަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments