ވީއައީއޭގެ ޑޮލަރު ފޭރުން: ތުހުމަތުވާ މީހުންގެ ވަނަވަރު އާންމުކޮށް ހައްޔަރަށް!

VIA ge dollar feyrun: thuhumathuvaa meehunge vanavaru aanmukoh hayyarah!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލަށް ބަޔަކު ވަދެ ބީއެމްއެލްގެ ލައްކަ އަކަށް ވުރެ ގިނަ ޑޮލަރު މޫނު ނިވާކޮށްގެން ތިބި ބަޔަކު، ފޭރުނު މައްސަލައިގައި ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށް ވަނަވަރު ވެސް އާންމުކޮށްފިއެވެ.

މި ފޭރުމުގައި ބައިވެރިވިކަމުގެ ތުހުމުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު:

ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ)

މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)

އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ)

އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ)

ފުލުހުން ބުނީ، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ބަންދަށް ފަސް ދުވަސް ޖަހާފައި ވަނީ ވަކީލާ ބައްދަލުކުރުމުގެ ހައްގު ވެސް ނުދީ ކަމަށް ބުނެ، އެ މީހުންގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments