ރެކޯޑް މުއްދަތެއްގައި ރައީސް މުއިއްޒު ހުރިހާ ރަށަކަށް ވަޑައިގެންފި

Record Muhdhathehgai Raees Muizzu Hurihaa Rashakah Vadaigenfi

ރެކޯޑް މުއްދަތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޑރ. މުއިއްޒު ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު ކ. ތުލުސްދޫއަށް ވަޑައިގަތުމާއެކު، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރާތްކުރައްވައި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބެއް ޙާސިލްކުރައްވާފައި ކަމަށެވެ.

އެގޮތުން ރައީސް ޑރ. މުއިއްޒު މިވަނީ އެއް އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި 63 ރަށަކަށް ދެވަނަ ފަހަރަށް ޒިޔާރާތް ކުރައްވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުތަކަކީ ރާއްޖެގެ ހުރިހާ އަތޮޅަކަށް ޒިޔާރާތްކުރައްވައި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކެކެވެ.

ކޮންމެ ރަށަކަށް ވަޑައިގެން ރައީސް ވަނީ އެރަށެއްގައި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން މުއައްސަސާ ތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ވެސް ރައީސް ވަނީ ގިނަ މަޝްރޫއުތަކެއް ފައްޓަވައި، ނިމިފައިވާ މަޝްރޫއުތައް އިފްތިތާޙް ކޮށްދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments