ގަމު ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Gamu footboalha faritha kurunthakugai baiveri vumuge furusathu hulhuvaalaifi

ލ.ގަމު ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ގަމު ކައުންސިލުން ބުނީ ގަމު ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ގަމުގައި ދިރިއުޅޭ ހުރިހާ ކުޅުންތެރިންނަށް ހުޅުވާލައިފައިވާ ކަމަށެވެ. ގަމު ކައުންސިލުން ބުނީ އެފްއޭއެމް އިން ކުރިއަށްގެންދާ އެޓޯލް ޗެންޕިއަންޝިޕް މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ.
ޓީމުގެ ފަރިތަކުރުންތަކުގަައި ބައިވެރިވުމަށް ކުޅުންތެރިންނަށް ހުޅުވާލާފައިވާއިރު، ކައުންސިލުން ބުނީ ބައިވެރިވާން ބޭނުންވާ ކުޅުންތެރިން ޕްރެކްޓިސްއަށް ތައްޔާރުވެގެން މާދަމާ ހަވީރު 16:00 ގައި ޒޯން ސްޓޭޑިއަމްއަށް ދިއުމަށެވެ.
މި މުބާރާތަކީ ފުޓްބޯޅަ އެސޯސިއޭޝަނާއި، އަތޮޅު ޗެމްޕިއަންޝިޕް، ލޯކަލް ގަވަރމެންޓް އަތޯރިޓީ އަދި ލާމު އަތޮޅު ކައުންސިލާއި ގުޅިގެން ބާއްވާ މުބާރެތެކެވެ.
އެފްއޭއެމް އިން ވަނީ ޓީމުތައް ރީޖަންތަކަށް ބަހާލާފައެވެ.އެފްއޭމްއިން ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނޭނީ ހއ، ހދ، ރ، ނ، ށ، ބގެ އިތުރުން ޅަ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގެ ޓީމުތައް ހިމެނޭ އިރު، ސައުތު ރީޖަންގައި ހިމެނޭނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ.
ކޮންމެ ރީޖަނެއްގެވެސް ކޮލިފިކޭޝަން ބެހިގެންދަނީ ދެ ޒޯނަކަށެވެ. ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނާއި ރަނާސް އަޕް ޒޯން މުބާރާތަށް ދާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން މުބާރާތުންނެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.




