ލާމު އަތޮޅުގެ ކުރިމަގާ މެދު ކަންބޮޑުވުންތަކެއް އެބަހުރި: ޔޫސުފް އާމިރު
"Laamu Atholhuge kurimagaa medhu kanboduvunthakeh ebahuri: Yusoof Aamir

ލާމު އަތޮޅު ކައުންސިލްގެ ދައުރު ނިމުމަކަށް އަންނައިރު، ފާއިތުވި ފަސް އަހަރަކީ ތަފާތު ގޮންޖެހުންތަކާއި ބަދަލުތަކެއް ތަޖުރުބާކުރަން ޖެހުނު ދުވަސްތަކެއްކަން ލާމު އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޔޫސފް އާމިރު ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ ވަދާއީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔޫސުފް އާމިރު ވިދާޅުވީ، ރިން ކޮންމެ ދާއިރާއަކުން ދެ މެންބަރުން އައްޔަންކޮށްގެން މަސައްކަތް ކުރެވުނު ނަމަވެސް، ފަހުން މެންބަރުންގެ އަދަދު މަދުކުރުމުގެ ނަތީޖާވެސް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
“މިހާރު މި ފެށެނީ މުޅިން އައު ސަފުހާއެކެވެ. އެއީ އަތޮޅު ފެންވަރުގައި ވަކި އަތޮޅު ކައުންސިލެއް ނެތި މަސައްކަތް ފަށާ ސަފުހާ”
މިކަމާ ގުޅިގެން ހިތާމައާއި ކަންބޮޑުވުން ފާޅުކުރައްވަމުން ފާހަގަކުރެއްވީ، މައްސަލައަކީ އަތޮޅު ކައުންސިލް އުވާލުން ނުވަތަ މުވައްޒަފުންގެ ވަޒީފާ ގެއްލުން ނޫން ކަމަށެވެ. ނަމަވެސް، އެންމެ ބޮޑު ކަންބޮޑުވުމަކީ ފާއިތުވި ފަސް އަހަރު ތެރޭގައި ލާމު އަތޮޅަށް އުންމީދުތަކެއް ބިނާކުރުމަށް ފެށި މުހިންމު މަސައްކަތްތަކަށް ވާނެ ގޮތަކާ މެދުގައެވެ.
ޚާއްޞަކޮށް، ކީރިތި ގުރުއާނުގެ ފަންނަށް ހާއްސަކޮށްގެން ފެށި މަސައްކަތްތަކާއި، ޒުވާން ޖީލެއް ބިނާކުރުމަށް ޕޯޑިއަމްތަކުގައި ކުރެވުނު މަސައްކަތްތަކުގެ މުސްތަޤުބަލާ މެދު ސުވާލު އުފެދޭ ކަމަށް ޔޫސުފް އާމިރު ވިދާޅުވިއެވެ.”މާދަމާ މިކަން ކުރާނެ ބަޔަކީ ކޮބައިތޯ؟”މިއަތޮޅުގެ ޒުވާނުންގެ ކުރިމަގަށްޓަކައި ދޫލަހެޔޮ ޖާލާ މަސައްކަތްތަކެއް ކުރެވި، ސްކޫލް ފެންވަރުގައި ތަފާތު ކުޅިވަރު ހަރަކާތްތައްވެސް ހިންގާފައިވާކަން ޔޫސުފް އާމިރު ފާހަގަކުރެއްވިއެވެ.
އަތޮޅަށް ލޯބިހުރި، އަދި ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ މީހެއްގެ ހައިސިއްޔަތުން، އުންމީދުތަކަށް ބަދަލެއް ނާންނަކަން ފާހަގަކުރައްވައި އޭނާ ދާޅުވީ، އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ ކުރިއަށްދާން ހުރި ފުރުސަތުތައް ބަންދު ނުވާނެ ކަމަށެވެ.




