ފޮނަދޫ ކައުންސިލް ވޮލީ ބޯޅަ މުބާރާތް މިމަހު 17 ގައި، ޝެޑިއުލް އާންމުކޮށްފި
Fonadhoo council volley boalha mubaaraaiy mimahu 17 gai, schedhule aanmukohfi

ފޮނަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް މިމަހު 17 ގައި ފެށުމަށް ނިންމައިފިއެވެ.
މިއީ އަންހެން އަދި ފިރިހެން ޑިވިޝަނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީ ބޯޅަ މުބާރާތެކެވެ. މި މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ މުޅި ޖުމުލަ 5 ޓީމެވެ.
އެއީ:
އައިލެންޑަރސް ކަބަލުން
އެފްވައިއޭ ވިމެން
ބިގްޝޮޓް ވިމެން
އެފްއެމްއެސްސީ
ވައްޓަފާޅި
ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ އީވަލްސް، ބިގްޝޮޓް، ކިކިރި ރިޓާރންސް،އެފްވައިއޭ، އައިލެންޑަރސް އަދި ލެކްރޯސްއެވެ. މި މުބާރާތުގެ ދެ ޑިވިޝަންގެވެސް ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 24 ވަނަ ދުވަހުގައެވެ.




