ޗާލު ދިވެހިރާއްޖެ އެވޯޑް: ބެސްޓް ލޯކަލް އެޓްރެކްޝަންއަކަށް ހިތަދޫ ކުޅި ނޮމިނޭޓް ވެއްްޖެ!

Chaalu dhivehi raahje award: Best local attraction akah hithadhoo kulhi nominate vehje!

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމް އިން ރަށްތަކަށް އަމާޒުކޮށްގެން “ޗާލު ދިވެހިރާއްޖެ އެވޯޑް” ގެ ނަމުގައި ތައާރަފުކުރި އެވޯޑަށް ލ.ހިތަދޫ ކުޅި ނޮމިނޭޓްވެއްޖެއެވެ.

މި އެވޯޑަށް ލ.ހިތަދޫ ކުޅި ހޮވުމަށް ވޯޓު ދިނުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށެވެ. މި އެޕް އެޕްސްޓޯރ އަދޮ ގޫގުލް ޕްލޭ ސްޓޯރ އިން ވެސް ޑައުންލޯޑު ކުރެވޭނެއެވެ.

ލާމު ހިތަދޫ ކުޅިއަކީ ވަރަށް ގިނަ ބަޔަކު ޒިޔާރަތް ކުރާ ތަނެކެެވެ. ރާއްޖޭގެ އެންމެ ބޮޑު ކުޅިތަކުގެ ތެރޭގައި މިތަން ހިމެނެއެވެ.

ޗާލު ދިވެހިރާއްޖެ އެވޯޑަކީ، ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ އިސްނެގުމާއެކު، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި، ދިވެހީންގެ މުއްސަނދި އާދަކާދައާއި ސަޤާފަތް ކުރިއެރުވުމަށް ރަށްރަށުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ޕީއެސްއެމް އިން ބުނީ މިފަދަ އެވޯޑެއް ތަޢާރަފްކުރުމުގެ މަޤްސަދަކީ، ރަށްރަށުގެ ރައްޔިތުންގެ މެދުގައި ރަށަށް ލޯބިކުރުމުގެ ރޫޙު އާލާކޮށް، ދެމެހެއްޓިނިވި ގޮތެއްގައި އާދަކާދަތަކަށް ދިރިއުޅުން ބައްޓަންކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ހިތްވަރުދިނުމަށް ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments