މަގޭ ސާފު ރާއްޖެ ފެސްޓް ލާމު ގަމުގައި ބާއްވަނީ

Mage saafu raahje fest laamu gamugai baahvanee

މަގޭ ސާފު ރާއްޖެ ޤައުމީ ކޮންފަރެންސް 2025″ ލ. ގަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ބުނީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ހަރުދަނާކޮށް، މި ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބާއިތޯ ބަލައި، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި އަދި ތަފާތު ކުރިއެރުންތައް ހޯދޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް މި ކޮންފަރެންސްގައި މަޝްވަރާކުރާނެ ކަމަށެވެ. އަދި މި ކޮންފްރެންސް އިން ފޯރުކޮށްދޭ މައުލޫމާތުގެ ސަބަބުން ރާއްޖެއަށް އިދާ ހުރި، ދެމެހެއްޓެނިވި ކުނި މެނޭޖުކުރާނެ ގޮތުގެ ހައްލުތައް ހޯދޭނެ ކަމަށް އުއްމީދުކުރާކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުން ފެށިގެން 26ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޮންފްރެންސް ކުރިއަށް ދާނީ ގަމު ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގައެވެ. މި ކޮންފްރެންސްގައި  ކޮންފަރެންސްގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި، ތަޖުރިބާކާރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted