ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ ގުރު ނަގައިފި

Golden futsel challenge 2026 ge guru nagaifi

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2026ގެ ގުރުނަގައިފިއެވެ.

ލާމު އަތޮޅުގެ8 ރަށަކުން ވަނީ މިއަންނަ އަހަރުގެ ގޯލްޑަން މުބާރާތުގައި ބައިވެރިވެފައެވެ. އޭގެތެރޭގައި މީގެ ކުރީ އަހަރުތަކުގައި މުބާރާތުގައި ބައިވެރިނުވާ ރަށްތައް ވެސް ހިމެނެއެވެ.

ލާމު އަތޮޅުން ބައިވެރިވި ޓީމުތައް ވަނީ ދެ ގްރޫޕްއަކަށް ބަހާފައެވެ. އެގޮތުން ގްރޫޕް – އޭ ގައި ހިމެނެނީ ލ. އިސްދޫ، ލ.ގަން، ލ.ދަނބިދޫ އަދި ލ. ފޮނަދޫއެވެ.

ގްރޫޕް އޭ ގައި ފުރަތަމަ މެޗުގައި ވާދަކުރާނީ އިސްދޫ އާއި ގަމެވެ. މި މެޗު އޮތީ ޖެނުއަރީ 6 ވަނަ ދުވަހުގެ ރޭ 22:00 ގައެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ކަލައިދޫ، މާވަށް، މުންޑޫ އަދި ކުނަހަންދޫއެވެ. ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކަލައިދޫ އާއި މާވަށެވެ. މި މެޗު އޮތީ ޖެނުއަރީ 6 ވަނަ ދުވަހުގެ ރޭ 23:00 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted