މާވަށު ކައުންސިލާއި އ.ތ.މ ކޮމިޓީ ގުޅިގެން ކާބޯތަކެތީގެ މައުރަޒެއް ބާއްވަނީ
Maavashu councilaai anehenunge tharahqee ah masahakaikuraa comittee gulhigen kaaboathaketheege maurazeh baahvanee

ލ. މާވަށު ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ގުޅިގެން ޚާއްޞަ ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ވާ ހޮނިހިރު ދުވަހު، މާވަށު ބަށި ކޯޓު ސަރަޙައްދުގައެވެ. މައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ސްޓޯލްތައް ތައްޔާރުކޮށްދިނުމުގެ އިންތިޒާމު ކައުންސިލާއި އ.ތ.މ ކޮމިޓީގެ ފަރާތުން ހަމަޖައްސައިދޭނެއެވެ. އަދި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ އިނާމެއް ދިނުމުގެ އިތުރުން، ސްޓޯލްތަކުން ވިއްކާ ތަކެތިން ލިބޭ މުޅި ޢާމްދަނީ އެ ސްޓޯލެއް ހިންގާ ފަރާތަކަށް ލިބިގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 30 އޮކްޓޫބަރު 2026 ގެ ކުރިން ނަންނޯޓު ކުރުމަށް ވަނީ އެދިފައެވެ. ނަންނޯޓު ކުރުމަށްޓަކައި އ.ތ.މ ކޮމިޓީގެ ރައީސާގެ ފޯނު ނަންބަރު 751831 އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.




