ގަމު ތުނޑީ ބަނދަރުގެ މަޝްރޫއު: މިހާރު ކުރިއަށްދަނީ ބެކްފިލިންގް ގެ މަސައްކަތް!
Gamu thundi bandharuge mashroou: Mihaaru kuriah dhanee back filling ge massakkaiy!

ލ. ގަން ތުނޑީގެ ބަނދަރުގެ މަސައްްކަތުގެ ބޮޑުބައި ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ބެކްފިލިންގްގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 33.4 މިލިއަން ރުފިޔާ އަށެވެ.އެމްޓީސީސީއިން ބުނީ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ރޯއިން ޕްރޮފައިލިން އާއި ބެކްފިލިންގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 360 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން، 2501 އަކަ މީރަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން އަދި ބްރިޖު ހެދުމާއި މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ. މި މަސައްކަތް އެމޓީސީސީއާ ހަވާލު ކުރެވުނީ 525 ދުވަސްތެރޭ ނިންމާގޮތަށެވެ.
އަލަށް ގާއިމުކުރާ ބަނދަރު މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ..




