ގަމު ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ސީއީއޯ ހަންނާން
Gamu regional hospital tertiary hospital akah badhalu kurumah gina masakkaiy thakeh dhanee kuramun: CEO Hannan

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބައްދަލުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ގަމު ރީޖަނަލް ހޮސްލިޓަލްގެ ސީއީއޯ އަބްދުލް ހަންނާން އަބްދުލް ރަހީމް ވިދާޅުވެއްޖެއެވެ.
ހަންނާން ވަނީ ގަން ރީޖަނަލް ހޮސްޕިޓަލާއި އަތޮޅުގެ އެހެން މަރުކަޒުތަކުގެ ހިދުމަތްތަކުގެ އަދާހަމައާ މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ވީޑިއޯ އިންޓަވިއުއެއް ހިއްސާކޮށްފައެވެ.
ހަންނާން ވިދާޅުވީ، ފާއިތުވި ދެ އަހަރުތެރޭގައި ގަން ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ހޮސްޕިޓަލަށް ބޭނުންވާ ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ހޯދުމުގެ މަސައްކަތްވެސް ކުރެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް ހިތުގެ ބައްޔާއި ނާރުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުން ފަރުވާދޭން ފަށާނެ ކަމަށް ހަންނާން ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ހޮސްޕިޓަލަށް ސްޕީޗު ތެރަޕިސްޓަކު ބޭނުންވާތީ، އެ މަަަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ހަންނާނު ވަނީ ވިދާޅުވެފައެވެ.
އަދި ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީއާއި އެހެން ވަސީލަތްތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެމްއާރުއައިގެ ހިދުމަތް ދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ހަންނާން ވަނީ ވިދާޅުވެފައެވެ.
ހަންނާން އިތުރަށް ވިދާޅުވީ، ބްލަޑް ބޭންކެއް ހޮސްޕިޓަލުގައި ގާއީމުކުރެވިފައިވާތީވެ، ލޭ ހޯދުމަށް ކުރިން ދިމާވާ ދަތިތަކަށް ހައްލެއް ލިބިފައިވާ ކަމަށެވެ. ހަންނާން ވިދާޅުވީ ގަން ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން އަތޮޅުގެ ސިއްހީ ހިދުމަތްދޭ އެހެން މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.




