ހުޅަނގު މޫސުން ނިމިއްޖެ، މުޅި ރާއްޖެއަށް އިރުވައި ފެށޭނީ ޖެނުއަރީގައި: މެޓް

Hulhangu moosun nimijjr, mulhi raahje ah iruvai fesheynee january gai: Met

ރާއްޖެއަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ރަސްމީކޮށް ފެށިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ،  އިރުވައި މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި ޑިސެމްބަރު  މަހުގެ ދެވަނަ ނުވަތަ ތިން ވަނަ ހަފުތާގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް ފަށާ ކަމަށެވެ. މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށޭނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް މެޓް އިން ވަނީ ބުނެފައެވެ.

މެޓް އިން ބުނީ މިއަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށުނީ މިމަހުގެ 17ގައި ކަމަށެވެ. އިރުވައި މޫސުން ރާއްޖެއަށް ފެށިފައިވާއިރު ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯހެވެ.

މެޓް އޮފީހުން އިރުވައި މޫސުން ފެށުނު ކަމަށް ބަަލަނީ، ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުމުންނެވެ. އަދި އެގޮތަށް މޫސުން ވިދިވިދިގެން ދެދުވަހު ދަންމާލައިފިނަމަ އިރުވައި މޫސުން ފެށުނު ކަމަށް ބަލައެވެ.

ރާއްޖޭގައި މުޅި ޖުމުލަ އޮންނަނީ ދެ މޫސުމެވެ. އިރުވައި މޫސުން ޖެނުއަރީ އިން ފެށިގެން މާރިޗުގެ ނިޔަލަށް ދެމިގެންދާއިރު، ހުޅަނގު ފެށެނީ މެއި މަހުގައެވެ. އާންމުގޮތެއްގައި ހުޅަނގު މޫސުން ނިމެނީ ނޮވެމްބަރުގެ ނިޔަލަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted