ލ. ގަމު ފެރީ ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

L Gamu ferry terminal rasmeekoh hulhuvaifi

ލ. ގަމު ބަނދަރުގައި ހަދާފައިވާ ފެރީ ޓާމިނަލް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޓާމިނަލް ހުޅުވައިދެއްވީ ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީއެވެ.

މި ޓާމިނަލް ހުޅުވުމަށް ޚާއްސަ ރަސްމިއްޔާތެއް ގަމުގައި ބާއްވައިފައިވާއިރު، ރައީސް ޒަކީ އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މި ޓާމިނަލް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ، ގަމު ބަނދަރު ރަސްމީކޮށް ހުޅުވުން ކަހަލަ ކަމެއް ކަމަށް ސިފަކުރެއްވިއެވެ. އަދި މި ޓާމިނަލަކީ ކަނޑުމަގުން ގަމަށް އަންނަ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ފެރީ އިން ގަމަށް ޒިޔާރަތްކުރި ފަތުރުވެރިންނާ އެކު މި ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުނުއިރު، މިއީ ގަމަށް އަންނަ ފަތުރުވެރިންނާއި އެހެން ރަށްރަށުން ދަތުރުކުރާ ފަރާތްތަކަށް ބޭނުންތެރި ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ތަނެއްކަމަށް ބެލެވެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted