ސިވިލް ސާރވީސް މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފި

Civil service muvahzafun hedhun alhan jehey goiy harukashi kohfi

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ ސިވިލް ސާރވިސްގެ މުވައްޒަފުންގެ އޮފީހަށްދާއިރު ހެދުން އަޅަންޖެހޭ ގޮތް ހަރުކަށިކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދުގައި ބުނަނީ، އަންހެން މުވައްޒަފުން ލާ ހެދުން ހުންނަން ޖެހެނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ހެދުން ކުރުނުވާ ވަރަށް ކަމަށެވެ. މީގެއިތުރުން އައު އިސްލާހާއެކު، އަންހެނުން ލާ ހެދުމުގެ ފޮއްޗަކީ އޮފީހުގެ މާހައުލާ އެކަށޭނެ ފޮއްޗަކަށް ވާން ޖެހެ އެވެ. ހަމަމިއާއެކު، ތިރިން ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ފަހާފައިވާ އެއްޗަކަށްވުން ލާޒިމުކުރެއެވެ.

އެ އިސްލާހުގައި އިތުރަށް ބުނަނީ، އަންހެން މުވައްޒަފުންގެ ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަނަމަ، ފަޅައިފައި ހުންނަބައި ހުންނަން ޖެހެނީ މައްޗަށް އަތް ދަމާލީމަ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށް ހުންނަން ކަމަށެވެ.

އަންހެން މުވައްޒަފުންނާ އެކީ ފިރިހެން މުވައްޒަފުންގެ ހެދުން އަޅާ ގޮތަށް ވެސް ވަނީ ބަދަލުތަކެެއް ގެނެސްފައެވެ. އެގޮތުން، ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ލެވޭނަކަމަށް އިސްލާހުގައި ބުނެއެވެ.

އެހެންނަމަވެެސް، ގަމީހުގެ އަތް ހުންނަންޖެހޭނީ އަތް ދިގު ގަމީހެއްނަމަ އަތުގެ ކުޑަހުޅާ ހަމައަށެވެ. އަދި އަތްކުރު ނަމަ އަތް ހުންނަންވާނީ އަތުގެ އުޅަނބޮށްޓަށްވުރެ ދެ އިންޗި ކުރުނުވާ ގޮތަށް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ރަސްމީ ގަޑިތަކުގައި ފިރިހެން މުވައްޒަފުން ޓައީ އަޅައި ބެގީ ކުރުމަށް ވަނީ ލާޒިމުކޮށްފައެވެ. ފިރިހެން މުވައްޒަފުން އަނގޮޓި ފިޔަވައި އިތުރު ގަހަނާއެއް އެޅުން ވަނީ މަނާ ކޮށްފައެވެ.

ސިވިލް ސާރވިސްގެ އައު ގަވާއިދުގައި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ވަނީ ބުނެފައެވެ. އެގޮތުން، އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއް ޖެއްސުން ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments