ރާއްޖެ ސުޕަ ލީގު: ހުރާ ބަލިކޮށް ގަން ފައިނަލަށް

Raajje Super League: Hura balikoh Gan Final ah

ވީއޭއެމް ރާއްޖެ ސުޕަ ލީގު2026 ގެ ސެމީ ފައިނަލުގައި ކ. ހުރާގެ މައްޗަށް ކުރިހޯދާ ލ. ގަމުން ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފި އެވެ.

ގަން ސެމީ އަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ކ. ހުރާ ސެމީގެ ޖާގަ ހޯދި އެ ޓީމުގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ށ. ފުނަދޫ ބަލިކޮށް ލ. މާބައިދޫ އިން ވަނީ ހޯދައިފަ އެވެ. އެއާއެކު، ފައިނަލުގައި ވާދަކުރާނީ ލ. އަތޮޅުގެ ދެ ޓީމެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗު ލ. ގަމުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ،26-24، 25-11، 25-18 އަދި 25-16 އިންނެވެ.

މި މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ މިރޭ 20:30 ގަ އެވެ. އެ މެޗު ބެލުމަށް ގަމުގެ ސަޕޯޓަރުންނަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓަށް ހިލޭ ވަދެވޭނެ އިންތިޒާމު ގަމުގެ ކައުންސިލުން ވަނީ ހަމަޖައްސައިފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments