ކެނަބިސް ގަސް އިންދައިގެން މަސްތުވާތަކެތި ގެންގުޅުނު ދިވެއްސެއް 100 އަހަރަށް ޖަލަށް!
Canabis gas indhaigen masthuvaathakethi gengulhunu meehaku 100 aharah jalah!

މާލޭގެ ގެއެއްގައި ގިނަ އަދަދެއްގެ ކެނަބިސް ގަސްތަކެއް އިންދައިގެން ، މަސްތުވާތަކެތި ގެންގުޅުނު މީހަކު 400,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ރިޕޯޓްކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި 13 ވަނަ ދުވަހުގައި ކަމަށެވެ. ފުލުހުން ބުނީ އާން މީހަކު ރިޕޯޓްކުރީ މާލޭގެ ބަނަފްސާމަގުގައި ހުރި ގެެއެއްގެ ދޮރުމަތީގައި މަރުޖުވާނާ ގަހެއް ހުރިކަމަށް ބެލެވޭ ކަމަށް ބުނެއެވެ.
ފުލުހުން ބުނީ އެ ގަސް ފެނިގެން ފުލުހުން އެ ގަސް ހުރި ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އަހުމަދު ޔާސިހު، ނިޝާން/ނ. ކެނދިކުޅުދޫ، އެ ސަރަހައްދަށް ގޮސް އެ ގަހަކީ އޭނާގެ ގަހެއް ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
ފުލުުުހުން މައުލޫމާތު ދިން ގޮތުގައި، އޭނާ ދިރިއުޅޭ ގ.ގިރިމިނީ ގޭގެ ބެލްކަނީގައި ވެސް އޭގެ ގަސްތަކެއް ހުރިކަމަށް އެއްބަސްވެ، އޭނާގެ ހުއްދަ ލިބިގެން އެ ގެ ފާސްކުރިއެވެ.
ދައުލަތުން، ޔާސިހުގެ މައްޗަށް ކޮށްފައިވަނީ މަސްތުވާ އެއްޗެއް އުފެއްދުމުގެ ކުށުގެ ދައުވާއެވެ. އަދި އެގޭގެ ބެލްކަނިން ފެނުނު ހަތަރު ގަހާއި ކޮޓަރިން ފެނުނު ދެ ގަހަކީވެސް ކެނަބިސް ގަސް ކަން ތަހުލީލު ރިޕޯޓުތަކުން ވަނީ ދައްކާފައެވެ.
ނަމަވެސް ކޯޓުގައި ޔާސިހު ވަނީ އޭނާ އަށް ކޮށްފައިވާ ދައުވާތަަކަށް އިންކާރުކޮށްފައެވެ.
ކޯޓުން ޔާސިހުގެ މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައެވެ.
ދައުލަތަށް ހުށަހަޅާފައިވާ ހެކިތަކުން އެނގޭގޮތުގައި މަރުޖުއާނާގެ ގަހުގެ އިތުރަށްވެސް ޔާސިހު ދިރިއުޅޭ ގޭގައި މަސްތުވާތަކެތި ގެންގުޅެފައިވެއެވެ. ނަމަވެސް މި ގަސްތައް އޭނާ އަށް ލިބުނު ގޮތެއް ހޯދިފައެއް ނުވެއެވެ.
ކޯޓުން އޭނާ ކުރި ކުށުގެ އަދަބަކަށް އިއްވީ، އަހަރުގެ ޖަލު ހުކުމަކާ އެކު، 100،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.
މި މައްސަލާގައި އަހުމަދު ޔާސިހު މައްޗަށް މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން އަދި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ވެސް ކްރިމިނަލް ކޯޓުން ވަނީ ކޮށްފައެވެ. އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާ އެއް ވެސް ވަނީ ސާބިތުވެފައެވެ.
މި ހުރިހާ ދައުވާއަކަށް ވެސް ވަނީ ވަކި ވަކިން ހުކުމް އިއްވާފައެވެ. އެގޮތުން، މުޅި ޖުމްލަ އޭނާގެ މައްޗަށް އިއްވާފައިވަނީ 100 އަހަރުގެ ޖަލު ހުކުމަކާއެކު 400،000 ރުފިޔާގެ ޖޫރިމަނާއެވެ. ޖޫރިމަނާގެ ފައިސާ އެއް އަހަރުގެ ތެރޭގައި ދެއްކުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ




