ޒޯނު ބުރުގެ ފުރަތަމަ މެޗުން ގަމާއި އިސްދޫ ވެސް އެއްވަރު

Zone buruge furathama matchun gamaai isdhoo ves ehvvaru

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯނު ހައެއްގެ ފުރަތަމަ މެޗުތަކުން ލ. ގަމާއި ތ. ތިމަރަފުށީގެ މެޗު އެއްވަރުވިއިރު، ލ. އިސްދޫ އާއި ތ. ކިނބިދޫ ބައްދަލުކުރި މެޗު ވެސް އެއްވަރުވެގެން ނިމިއްޖެ އެވެ.

ޒޯނު ހައެއްގައި ހިމެނެނީ ތ. އަތޮޅު ޗެމްޕިއަން، ތިމަރަފުށި އާއި ތ. އަތޮޅު ރަނަރަޕް ކިނބިދޫގެ އިތުރުން، ލ. ޗެމްޕިއަން އިސްދޫ އާއި ލ. ރަނަރަޕް ގަމެވެ.

ރޭ ގަމާއި ތިމަރަފުށި ބައްދަލުކުރި މެޗު ނިމުނީ،0-0 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ރޭ އިސްދޫ އިން ނުކުތީ ކިނބިދޫއާ ދެކޮޅަށެވެ. މި މެޗު އެއްވަރުވީ1-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ އިސްދޫ އިންނެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަލީ ހުމޭޒު އެވެ. އެކަމަކު ކިނބިދޫގެ މުހައްމަދު ޝާފިއު ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޒޯނު ބުރުގެ ދެވަނަ މެޗުގައި މި މަހުގެ28 ވަނަ ދުވަހު ގަމުން ނުކުންނާނީ އިސްދޫއާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted