ކުންފުންޏެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލައެއްގައި 10 މީހުން ހައްޔަރަށް!

Kunfunyeh ge account in faisaa negi mahsala eh gai 10 meehun hayyarah!

މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް،އެމީހާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހުން ވަނީ އެ ބޭންކު އެކައުންޓުން 279،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެގޮތުން ފުލުހުންގެ ބަޔާނެއްގައި ބުނީ، އެމީހުން ހައްޔަރުކުރީ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279،600 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 10 މީހުން:

މުހައްމަދު ހަސަން، 59، ގުޑްލައިފް/ ލ. އިސްދޫ

އަލީ އިރުފާނު އަޙްމަދުދީދީ، 26، އުދަ/ ސ. ހިތަދޫ

ޢަލީ ޝިރާޒު، 38، ނަންރީތިގެ/ ސ. ހިތަދޫ  

އަބްދުﷲ ނާފިޒް، 39، ޕެރިމްރޯޒް/ ހދ. ވައިކަރަދޫ

މުހައްމަދު އަލީ، 42، ފޫހިވާގެ / ގއ. ކަނޑުހުޅުދޫ

މުހައްމަދު ނުހާދު އަލީ، 30، މ. މާލޭގެއާގެ

މުހައްމަދު ސިމާދު، 38، ޕެނަމާ / ހއ. ކެލާ

އަލީ އިމްރާން، 38، ހީނާމާގެ / ގދ. ފިޔޯރީ

އަބްދުﷲ އިސްރާގު، 19، ގުލްބަކާގެ / ގދ. ތިނަދޫ

މުހައްމަދު އިބްރާހީމް، 49، މެޑޯޒް / ކ. ހިންމަފުށި

ފުލުހުންގެ އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.

ފުލުހުން ބުނީ، މި މީހުންގެ ތެރެއިން ހަ މީހުންނަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށް ފައިސާ ނަގާފައިވާ މީހުންނެވެ.

އަދި އެތަނުން އެކަކު، ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށް އެ ފައިސާ އަށް މުދާ ގަނެފައިވާކަމަށް ފުލުހުން ބުނެއެވެ. އަނެއް 3 މީހުންނަކީ އެކި މީހުން އޭޓީއެމްއަށް ގެންގޮސްގެން އެ މީހުން މެދުވެރިކޮށް އޭޓީއެމްއިން ފައިސާ ނެގުމަށްފަހު އެ ފައިސާތަކާ ހަވާލުވެފައިވާ މީހުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އިބްރާހީމް ފަސްދުވަހަށް، މުޙައްމަދު ޢަލީއާއި މުޙައްމަދު ޙަސަން ހަތްދުވަހަށް، ޢަލީ ޢިރުފާން އަޙްމަދުދީދީ 10 ދުވަހަށް އަދި އަނެއް ހަ މީހުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments