އިންތިޚާބަށް 2000 އަށްވުރެ ގިނަ ފޯމު އީސީ އިން ބަލައިގެންފި
Inthihaabah 2000 ah vure gina form EC in balaigenfi

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި 2000 އަށް ވުރެ ގިނަ ފޯމު އީސީ އިން ބަލައިގެންފިއެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ސުންގަޑިއަކީ، ފެބްރުއަރީ 1ވަނަ ދުވަހުގެ ހަވީރު 5:30އާ ހަމައަށެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އީސީގެ ޕޯޓަލް މެެދުވެރިކޮށް 3413 ފޯމު ހުށަހަޅާފައިވެއެވެ. އެގޮތުން ލޯކަލް ކައުންސިލް ތަކަށް ހުށަހަޅާފައިވަނީ، 1865 ފޯމެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް 1548 ފޯމު ވަނީ ހުށަހަޅާފައެވެ.
އީސީ އިން ބުނީ އެ ފޯމުތަކުގެ ތެރެއިން، ޖުމްލަ 2،888 ފޯމު ބަލައިގެންފައިވާ ކަމަށެވެ. އީސީ އިން ހާމަކުރިގޮތުގައި ސިޔާސީ ޕާޓީތަކުން ކައުންސިލްތަކުގައި ވާދަކުރުމަށް 1،366 ފޯމު ހުށަހަޅާފައިވެއެވެ. އަދި އަމިއްލަގޮތުން، 496 ފޯމު ވަނީ ހުށަހަޅާފައެވެ.
ހަމަމިއާއެކު، 1500 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. އޭގެތެރެެއިން، ތެރެއިން 216 ކެންޑިޑެސީ ގަބޫލުނުކުރުމަށް ވަނީ ނިންމާފައެވެ.
ކެންޑިޑެސީ ގަބޫލުނުކުރާ ސަބަބުތަކުގެ ތެރޭގައި ، ކުށާއި ދަރަނީގެ ރެކޯޑު މުޅި އުމުރަށް ހުށަހަޅާފައިނުވުން، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލް ހުށަހަޅާފައިނުވުން އަދި ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ހުށަހަޅާފައިނުވުން ހިމެނެއެވެ.




