ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނީ އަސާސީ އިސްލާހުކުރަން ފާސްކޮށްފި

Dhe inthihaabu ehkoh beyhvumah gaanoonee asaasee islaahu kuran faas kohfi

ރިޔާސީ އިންތިޚާބު އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ބިލު މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުވީ މިދިޔަ މަހުގެ 5 ގައެވެ. އެ ކޮމިޓީއިން ވަނީ ފަސް މިނެޓުގެ ބައްދަލުވުމެއް ބާއްވާ، ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރުމަށް ނިންމާފައެވެ.

އެގޮތުން މިއަދުގެ ޖަލްސާއަށް ކޮމެޓީގެ ރިޕޯޓު ހުށަހެޅުމުން ބިލު ފާސްކޮށްފައިވަނީ 72 މެންބަރުންގެ ވޯޓާ އެކު އެވެ.

މިއީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ކަމަށް ވުމާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވެސް ވަނީ ބިލަށް ވޯޓު ދެއްވާފައެވެ.

މި ބިލާއި ދެކޮޅަށް ވޯޓު ދެއްވީ، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން އެކަންޏެވެ.

ސަރުކާރުން ބުނީ، ބޮޑު ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted