ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު މިއަހަރު އޮކްޓޯބަރުގައި!
Dhivehi ufehdhuntheri kamuge maurazu miaharu October gai!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް މައުރަޒު “ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު” މިއަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވުމަށް ނިންމައިފިއެވެ.
2026 ވަނަ އަހަރަކީ “އުފެއްދުންތެރިކަމުގެ އަހަރު” ގެ ގޮތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފައެވެ.
އެގޮތުން، އިގްތިސާދާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، މިއަހަރުގެ މައުރަޒު ކުރިއަށްދާނީ، ދިވެހި އުފެއްދުންތެރިންގެ، އުފެއްދުންތައް ދައްކާލެވޭ މައުރަޒާއެކު، ދިވެހިންގެ މަސައްކަތްތެރިކަމަށް އައިސްފައިވާ ކުރިއެރުމާއި، އުފެއްދުންތެރިކަމަށް އަންނަމުންދާ ތަރައްގީ އަދި ކުރިއެރުން ފެންނާނެ ގޮތަށް ކަމަށެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ( ބީސީސީ) އާ ގުޅިގެން ކުރިއަށް ގެންދާ މި މައުރަޒު އިންތިޒާމް ކުރާނީ، ވީހާ ވެސް ގިނަ ފަރާތްތަކަށް ފުރުސަތު ފަހިވާ ގޮތަށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އަދި މިއަހަރުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތާއި، މައުރަޒުގެ އުސޫލު މި ފެށޭ މާރިޗު މަހުގައި އާންމުކޮށް އިއުލާނު ކުރާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.




