އައިޖީއެމްއެޗްގެ އަންހެނުންގެ ހާއްސަ ޑަކްޓަރުން ގަމު ރީޖަނަލް ހޮސްޕިޓަލްގައި ބަލަނީ

IGMH ge anhenunge haassa doctor un gamu regional hospital gai balanes

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ދެ ޑަކްޓަރަކު ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބަލިމީހުން ބަލާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ ޑރ. ފާތިމަތު ޝަމްޢާ ޝަރީފް އަދި ޑރ. މުހައްމަދު އޮސާމާ އެވެ. މީގެ ތެރެއިން ޑރ. ފާތިމަތު ޝަމްޢާ ޝަރީފް ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 4 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ޑރ. މުހައްމަދު އޮސާމާ ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދެ ޑަކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، ޑަކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދެވުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު 6800026 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted