ފޮނަދޫގައި ކަރަންޓު ނުދެވި ހުރި ގެތަކަށް ކަރަންޓު ދިނުމުގެ މަސައަކަތެ ފަށައިފި؛ ހުރިހާ ގެއަކަށް ފޯރުކޮށްދެވޭވަރަށް ކޭބަލެއް ނެތް

Fonadhoogai karantu nudhevihuri gethakah karantu dhinumuge masakkai fashaifi; hurihaa geakah foarukohdheveyvarakah cable eh nei

ފޮނަދޫގެ ކަރަންޓުގެ ހިދުމަތް ނުލިބި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންގެ ފޮނަދޫ ބްރާންޗުން ފަށައިފިއެވެ. މީގެ ކުރިން މި މަސައްކަތް ހުއްޓިފައި އޮތީ ކަރަންޓު ދިނުމަށް ބޭނުންވާ ކޭބަލް ނެތުމުގެ ސަބަބުންނެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފެނަކަ ފޮނަދޫ ބްރާންޗް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުލް މުހުސިން ވިދާޅުވީ، މިހާރު އެ ބްރާންޗަށް ކޭބަލް ލިބިފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ލިބިފައިވާ ކޭބަލަކީ ކަރަންޓުގެ ހިދުމަތަށް އެދި ފޯމު ހުށަހަޅާފައިވާ ހުރިހާ ގެއަކަށް ހިދުމަތް ދެވޭހާ މިންވަރު ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލިބިފައިވާ ކޭބަލްގެ މިންވަރާއި، ހިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމުގެ އަދަދާ ގުޅޭގޮތުން ސުވާލު ކުރުމުން މުހުސިން ވިދާޅުވީ އެ މައުލޫމާތުތައް ހިއްސާކުރުމުގެ ހުއްދަ އޭނާއަށް ނެތް ކަމަށެވެ. އެހެންނަމަވެސް، ހުރިހާ ގެއަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންވާ މިންވަރަށް ކޭބަލް ނެތްކަމަށެވެ.

ކަރަންޓު ދިނުމުގައި އަމަލުކުރަމުންދާ ތަރުތީބާ ގުޅޭގޮތުން މުހުސިން ވިދާޅުވީ، ވަކި ހިސާބަކަށް ކަރަންޓު ނުދެވިގެން ޝަކުވާ ކުރުމުން އެހިސާބަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދާ ސަރަހައްދު ނިމުމުން، ދެން ކޭބަލް ހުރި މިންވަރަކުން އެހެން ސަރަހައްދުތަކަށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮނަދޫގެ އާބާދީ އިތުރުވަމުންދާއިރު، އަލަށް އާބާދުވާ ސަރަހައްދުތަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ. އަމިއްލަ ގޯތީގައި ގެދޮރު ބިނާކޮށް، މަސައްކަތް ނިމިފައިވީ ނަމަވެސް، ފެނަކައިން ދޭން ޖެހޭ ކަރަންޓާއި ނަރުދަމާގެ ހިދުމަތްތައް ނުލިބުމުގެ ސަބަބުން އެ ގެތަކަށް ބަދަލުނުވެވި ގިނަ އަދަދެއްގެ އާއިލާތަކެއް ތިބިކަން ފާހަގަކުރެވެއެވެ. އަދި މިކަމަކީ އާނުމުންގެ ޝަކުވާ ވަރަށް ބޮޑަށް އޮތްކަމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments