ރައްޔިތުން ހޭލުުންތެރިކުރުމުގެ ހަރަކާތެއް ލާމު އަތޮޅުގައި ކުރިއަށް ގެންގޮސްފި
Rayyithun heyluntheri kurumuge harakaatheh laamu atoll gai kuriah gengosfi

އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ލ. އަތޮޅު ރަށްރަށުގައި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މިއީ ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ކުށުގެ ވެށި ނައްތާލުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ޕްރޮގްރާމެއް ކަމަށެވެ. ފުލުހުން ބުނ، ީމާރިޗު 6 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތަކީ މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކަށް ހާއްސަކޮށްގެން ލ. އަތޮޅު ރަށްރަށުގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި މައުލޫމާތު ދީފައިވަނީ މަކަރާއި ހީލަތުގެ މައްސަލަ ތަކުން ރައްކާތެރިވާނެ ގޮތާ ގުޅޭގޮތުންނެވެ. މިގޮތުން، ފޯނަށް އަންނަ އޯ.ޓީ.ޕީ އެހެން މީހުނަށް ހިއްސާނުކުރުމަށާއި ކާކުކަން ޔަގީން ކުުރުމަށް ފަހު ނޫނީ އެއްވެސް މީހަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.އަދި އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ލިބުމުންނޫނީ ފައިސާ ނުފޮނުވުމަށާއި، ބޭރު ފައިސާ މާރުކުރާއިރު އެ ފަރާތަކީ ފައިސާ މާރުކުރުމުގެ ހުއްދަ އޮންނަ މީހެއްތޯ ކަށަވަރުކުރުމާއި، ގޮތްނޭނގޭ ލިންކުތަކަށް ނުފިއްތުމަށާއި އެ ލިންކުތަކުން ފައިސާގެ މުއާމަލާތު ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.




