ގަމުގެ ތިން މިސްކިތެއްގައި ވިނެއިލް އެޅުމުގެ މަސައްކަތް ނިންމާލައިފި

Gamuge thin miskitheh gai vinail elhumuge masakkaiy ninmaalaifi

ލ.ގަމުގެ ތިން މިސްކިތެއްގައި ވިނެއިލް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ވިނެއިލް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ،ގަމުގެ ތިން މިސްކިތް ކަމަށްވާ މަސްޖިދުލް ޛިކުރާ، މަސްޖިދުލް ތަޤުވާ އަދި މަސްޖިދުލް ފަލާޙުގައެވެ.
ފާއިތުވި މަހުގެ ތެރޭގައި ގަމުގެ ދެ ސަރަަހައްދެއްގައި ވަނީ މިސްކިތް ހުޅުވާފައެވެ. އެއީ، ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި އަލަށް ބިނާކުރި “މަސްޖިދުއްސަލާމް” މިސްކިތުގެގެ އިތުރުން، އަމިއްލަ ފަރާތަކުން ބިނާކުރި “ ތުނޑީ ބަނދަރު މިސްކިތް“ އެވެ.މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މަސްޖިދުއްސަލާމަކީ މިދިޔަ ސަރުކާރުން ޕީއެސްއައިޕީ ބަޖެޓުން 16.8 މިލިއަން ހަރަދުކުރުމަށް ބަޖެޓުކޮށް, ބިންގާ އަޅާފައިވާ މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ 2023 މާޗް 2 ވަނަ ދުވަހު، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted