ޑަބްލިއުޑީސީގެ މެންބަރު ކަމުގެ މަގާމު ލިބިއްޖެނަމަ އަންހެނުންގެ ކަންކަމުގައި ވަކާލާތުކުރާނަން: ރަޒިއްޔާ
WDC ge member kamuge magaamu libihje nama anhenunge kankamugai vakaalaathu kuraanan: Raziyya

އަންހެނުންގެ ކޮމެޓީގެ މެންބަރުކަމުގެ މަގާމު ލިބިއްޖެނަމަ ގަމު އަންހެނުންގެ ކަންކަމުގައި ވަކާލާތުކޮށްދޭނެ ކަމަށް ގަމުއަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް މިފަހަރު ވާދަުރެއްވި އެމްޑީޕީ ކެނޑިޑޭޓް (5) ފާތިމަތު ރަޒިއްޔާ ވިދާޅުވެއްޖެއެެވެ.
“ލާމު އެމްވީ” އިން ލޯކަލް ކައުންސިލް އަދި އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީގެ އިންތިހާާބާއި ދިމާކޮށް ކުރިއަށްގެންދާ ‘ކެނޑިޑޭޓް 2026’ ގެ އެޕިސޯޑް 2 ގައި، ރަޒިއްޔާ ވިދާޅުވީ އަބަދުވެސް ސިޔާސީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކަމަށާއި،2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން ސިޔާސީ ހުރިހާ ހަރަކާތެއްގައި ބައިވެރިވަމުން އަންނަ ކަމަށެވެ.ރަޒިއްޔާ ވިދާޅުވީ އޭނާއަކީ އަބަދުވެސް ރަށުގެ އެކި އަންހެނުންނާ އަބަދުވެސް ގުޅުން ހުންނަ މީހަކަށް ވާތިޥެ، އަބަދުވެސް ރަށުގެ އެކިއެކި އަންހެނުންގެ އިހުސާސްތައް އިނގޭ ކަމަށެވެ.
”އަޅުގަނޑު އަބަދުވެސް ރަށުގެ އަންހެނުންނާ ގާތް ގުޅުމެއް އުފެދިފައިވާތީ، ރަށުގެ ކަނބަލުންގެ އިހުސާސްތައް ވަރަށް ގާތުން ބަލަމުން އަންނާތީވެ، މިފަދަ މަގާމެއްގައި ހުރެގެން އެކަނބަކުންގެ ކަންތައްތައް ކޮށްދޭން ފަސޭހަވާނެތީވެ.“
މީގެއިތުރުން ރަޒިއްޔާ ވިދާޅުވީ ގަމުގެ ތަރައްގީއަށް މިވަގުތު އެންމެ މުހިއްމު ބަދަލަކީ ގަމުގެ އަންހެނުންނަކީ އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ. ރަޒިއްޔާ ވިދާޅުވީ، މިހާރުވެސް ގަމުގެ އަންހެނުންގެ ކަންތައްތަކުގައި އޭނާ ވަކާލާތު ކުރަމުން އަންނަ ކަމަށެވެ.




