ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންނަށް ހާއްސަ ކޯހެއް ފަށައިފި
Kudakudhinaa gulhey mahsalathah thahugeeq kuraa fulhunah haahassa course eh fashaifi

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލީ މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ”ފެމިލީ އެންޑް ޗައިލްޑް ސެންޓާޑް އިންވެސްޓިގޭޝަން“ ކޯސް ރަސްމީކޮށް ފަށައިފިއެވެ.
މި ކޯހަކީ މިފަދަ ހައްސާސީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ފެށި ކޯހެކެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ކޯސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެޓްގެ ސެންޓާ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސްގެ ފަރާތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާ ގުޅިގެންނެވެ. ޖުލައި 5 އިން 25 އަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ތަހުގީގު ދާއިރާގައި މަސައްކަތްކުރާ 26 ފުލުހުން ބައިވެރިވެއެވެ.
މި ކޯހުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލީ މައްސަލަތައް ތަހުގީގުކުރުމުގައި ހާއްސަ އިސްކަމެއް ދޭންޖެހޭ ކަންކަމަށް ފުލުހުން އަހުލުވެރިކުރުވުމެވެ. އެގޮތުން، ކުޑަކުދިންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، އެފަދަ މައްސަލަތަކުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ހިއްސާކުރެވޭނެއެވެ.
މީގެ އިތުރުން، ކުޑަކުދިންނާއި އާއިލީ މައްސަލަތަކުގައި ތަހުގީގުގެ ތެރެއިން އިންޓަވިއުކުރާނެ ރަނގަޅު ގޮތްތަކާއި، ކުޑަކުދިންގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތައް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ކުލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ތަހުގީގު މަރުހަލާގައި ކުއްޖާއަށް ކުރިމަތިވެދާނެ ނަފްސާނީ އަސަރުތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ތަމްރީނު ކޯހުގެ ފެންވަރު މަތިކުރުމަށާއި ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ފުލުހުންގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ވެސް ބައިވެރިވެ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންނަށް ހާއްސަ ކޯހެއް ފަށައިފި
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލީ މައްސަލަތައް ތަހުގީގުކުރާ ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ”ފެމިލީ އެންޑް ޗައިލްޑް ސެންޓާޑް އިންވެސްޓިގޭޝަން“ ކޯސް ރަސްމީކޮށް ފަށައިފިއެވެ. މި ކޯހަކީ މިފަދަ ހައްސާސީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ފެށި ކޯހެކެވެ.