ހިތަދޫ ވޯޓަރޕާކް ފިނިޝިން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި
Hithadhoo waterpark finishing masahkaithakah beynunavaa thakethi foarukohdheyne faraatheh hoadhumah iulaanukohffi

ލ. ހިތަދޫގައި ތަރައްޤީކުރަމުންދާ ވޯޓަރޕާކްގެ ފިނިޝިން މަސައްކަތްތަކަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.
މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 07 ޖުލައި 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. ރަޖިސްޓްރީ ކުރެވޭނީ ކައުންސިލުން ކަނޑައަޅާފައިވާ ޚާއްޞަ ލިންކް މެދުވެރިކޮށެވެ.
ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި ބީލަން ފޮތެއްގެ އަގަކީ 500 ރުފިޔާ އެވެ. ބީލަމުގައި ރަޖިސްޓްރީވެވޭނީ ފައިސާ ދެއްކި ކަމުގެ ރަސީދު ފޯމާއެކު އެޓޭޗް ކުރުމުންނެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 07 ޖުލައި 2026 ގެ 10:00 ގެ ކުރިންނެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 09 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގައި ލ. ހިތަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.
މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 6800877 ނުވަތަ 6800879 ނަންބަރު ފޯނާ ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ކައުންސިލުން އެދެއެވެ.




